logo
ކުޅިވަރު

ވިނީޝިއަސް ޖޫނިއަރ ގެ ހެޓްރިކް ސެލެބްރޭޝަން އަނިޔާގެ ސަބަބުން ހިޔަނިއެޅިފައި

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2024 - 04:04
ހެޓްރިކް ހީރޯ ވިނޏިޝިއަސް. ފޮޓޯ: ފަބްރީޒިއޯ
ހެޓްރިކް ހީރޯ ވިނޏިޝިއަސް. ފޮޓޯ: ފަބްރީޒިއޯ

ސްޕްނިޝް ލަލީގާގައި ރޭގައި ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރިމެޗުން ވިނީޝިއަސް ޖޫނިއަރ ގެ ހެޓްރިކަކާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. މެޑްރިޑްގެ ސެންޓިއާގޭ ބާނެބެއު ގައި ކުޅެވުނު މި މެޗު ނިމުނީ 4-0 އިން ނެވެ.

މި މޮޅަކީ ރެއާލް މެޑްރިޑުން ޖެހިޖެހިގެން 2 މެޗުން ބަލިވުމަށްފަހު އަލުން އަނބުރާ ފޯމަކަށް އެޅުމަށް އެޓީމުން ހޯދި މުހިންމު މޮޅެކެވެ. އަދި މި މެޗުގައި ނިމިދިޔަ ސީޒަންގެ ރެއާލްމެޑްރިޑްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ބެލިންގްހަމް ވެސް މި ސީޒަންގައި ފުރަތަމަ ގޯލު ޖަހާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ރެއާލް މެޑްރިޑް ގެ އަނިޔާގެ ލިސްޓަށް އަނެއްކާވެސް 3 ކުޅުންތެރިން އިތުރުވުމެވެ. އެގޮތުން ފުރަތަމަ އެގާރައިގެ މުހިންމު ތިން ކުޅުންތެރިން އަނިޔާއާހެދި ފުރަތަނަ ހާފުގައި ވަނީ ބަދަލުކުރަން ޖެހިފައިވެއެވެ. އެއީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަން އެކޮށް ގެއްލުނު ޑިފެންޑަރ މިލީޓާއޯ އާއި އަނިޔާގެ ސަބަބުން ކުޅުމާދުރުގައި މަހެއްހާދުވަހު ހުރެފައި ކުޅުމުގެ ތެރެޔަށް އައި ރޮޑްރީގޯ އާއި ޑިފެންޑަރ ވަޒްކޭޒް އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން މިލީޓާއޯ ގެ އަނިޔާއާއި ގުޅިގެން އޭނާއަށް މި ސީޒަން ނިމިފައިވާކަން ރެއާލް މެޑްރިޑުން ވަނީ ބުނެފައެވެ. އަދި ރޮޑްރީގޯ އާއި ވަޒްކޭޒް ކުޅުމާއި ދުރުގައި މަހެއްހާދުވަހު މަޑުކުރަންޖެހޭނެކަން މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު ކޯޓުއާ އާއި ކަރަވަހާލް އާއި ޑޭވިޑް އަލަބާގެ އިތުރުން ޗުއަމެނީ އާއެކު ޖުމްލަ 24 އިންޖްރީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުރިމަތިވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 4 ދުވަސް ކުރިންވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 10 ދުވަސް ކުރިން