logo
MPL

MPL

ކުޅިވަރު

ބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތް

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2025 - 03:56
ބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތް

ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗު ކާލޯ އެންސެލޮޓީ ކުރިޔަށް އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ކުޅޭނެ ބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފިއެވެ. މި ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސުޕަރ ސްޓާރ ނޭމާގެ އިތުރުން ރެއާލް މެޑްރިޑްގެ ގިނަ ކުޅުންތެރިން ހިމަނާފައި ނުވުމެވެ.

އިޓާލިއަން ކޯޗު ވަނީ ނޭމާ، ވިނިސިއަސް ޖޫނިއަރ، ރޮޑްރިގޯ އަދި އެޑަރ މިލިޓާއޯ ސްކޮޑުން އުނިކޮށްފައެވެ. ނޭމާ ސްކޮޑުން އުނިކުރި ސަބަބާ ގުޅޭ ގޮތުން އެންސެލޮޓީ ވިދާޅުވީ އޭނާއަށް ކުޅެވޭ ވަރުގެ ކުޑަ އިންޖަރީއެއް ދިމާވެފައިވާ ކަމަށާއި، ނޭމާ އަށް ކުޅެވޭ ވަރު ޓީމަށް އެނގޭ ކަމަށެވެ. މީގެ އިތުރުން ރެއާލް ގެ ކުޅުންތެރިން ހިމަނާފައި ނުވަނީ ރެއާލްގެ ޕްރީ ސީޒަންގައި އެކުޅުންތެރިންނަށް ޕްރެކްޓިސްކުރަން މަދުދުވަސްކޮޅެއް ލިބުމާއެކު، ފިޒިކަލް ދެމެހެއްޓުމާއި ރެސްޓް ދިނުމުގެ ބޭނުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައު ސްކޮޑުގައި ވެސްޓްހޭމްގެ ލޫކަސް ޕަކެޓާ ހިމަނާފައިވާއިރު، ކްރުޒެއިރޯގެ ފޯވަޑް ކައިއޯ ޖޯޖަކީ ސްކޮޑުގައި ހިމެނޭ އެންމެ އައު ކުޅުންތެރިއާއެވެ. މީގެ އިތުރުން މާކިންހޯސް، ބްރޫނޯ ގިމަރައިސް، ޖޮއެލިންޓަން، ރަފިންހާ އަދި ރިޗަލިސަން ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ބްރެޒިލް ވާނީ ސެޕްޓެމްބަރު 4 ގައި މަރަކާނާގައި ޗިލީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ސެޕްޓެމްބަރު މަހު ބޮލީވިއާއަށް ދަތުރުކޮށް އެ ޤައުމާ ދެކޮޅަށް ކުޅޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 3 ގަޑިއިރު ކުރިންހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެކުޅިވަރު | 4 ގަޑިއިރު ކުރިންރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | 4 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިން