logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
10 ނޮވެމްބަރު 2024 - 09:13
ރަސްމާލެ އަލުން ހިއްކުމުގެ މަސައްކަތް ފަށަނީ -- ފޮޓޯ/ އެޗްޑީސީ
ރަސްމާލެ އަލުން ހިއްކުމުގެ މަސައްކަތް ފަށަނީ -- ފޮޓޯ/ އެޗްޑީސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުގައި ރަސްމާލެ ހިއްކުން އިއުލާންކޮށް، އެ ފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ފެށި އެ މަޝްރޫއުގެ ވަކި ވަރެއް ހިއްކުމަށް ފަހު، އެ މަސައްކަތް މިއަދާ ހަމައަށް ވެސް އޮތީ މަޑުޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ މަސައްކަތް އޭރު މަޑުޖެހިފައި އޮތް އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނީ، މި އަހަރަށް ފާސްކުރި ބަޖެޓުގައި ރަސްމާލެ ހިއްކުމަށް ފައިސާ ހިމަނާފައި ނުވުމެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވި ގޮތުގައި، ބަޖެޓުގައި އެ މަޝްރޫއަށް ފައިސާ ހިމެނުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ނަމަވެސް، އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެ މަޝްރޫއު އުނިކުރުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ.

އެހެން ނަމަވެސް އެ މަޝްރޫއު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ހީނާ އެދުވަހު ވެސް ވިދާޅުވިއެވެ.

އެގޮތުން އެ މަޝްރޫއުގެ އޭރިއާ "އެފް" ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމުގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އެޗްޑީސީން ސޯޝަލް މީޑިޔާއަށް ދޫކުރި މެސެޖުގައި ފެންނަ ގޮތުގައި، ރަސްމާލެ ހިއްކުމުގައި މިވަގުތު ބޭނުންކުރަމުން އަންނަނީ ސްޕެއިންގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމުގައިވާ "ފްރަންކިސް ބިއުފޯޓް" އެވެ.

އެހެން ނަމަވެސް، އެ މަޝްރޫއު އަލުން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ސީއެމްސީއާ ހަވާލުކޮށްގެން ކަމެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރުގެ ބިން ހިއްކައިފިޚަބަރު | މަހެއް ކުރިންރަސްމާލެ ސައިޓް އޭ: 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރު ހިއްކައިފިޚަބަރު | މަހެއް ކުރިންރަސްމާލޭގެ ސައިޓް އޭގެ 17 އިންސައްތަ ބިން ހިއްކާ ނިމިއްޖެޚަބަރު | 2 މަސް ކުރިންރަސްމާލެ: ރާއްޖޭގެ ތަރައްގީ އައު މަރުހަލާއަކަށް ފުރޮޅާލާނެ ހަގީގަތަކަށް ހެދޭނެ މަޝްރޫޢުއެއްރިޕޯޓް | 2 މަސް ކުރިން