logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ނުހާ އަޙްމަދު
21 އޯގަސްޓު 2025 - 15:39
ފޮޓޯ--// އަމާން - މެންދުރު ޓީވީ
ފޮޓޯ--// އަމާން - މެންދުރު ޓީވީ

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ހިންގަމުން އަންނަ ބޮޑު ބިޔަ މަޝްރޫއުގެ ރަސްމާލެ ސައިޓު ސީ ގެ އަމަލީ މަސަކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ، ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަސައްކަތުގެ ދަށުން ރަސްމާލެ ސައިޓު ސީ އަދި އީ ހިއްކުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ސައިޓު ސީ އަދި އީ އިން ޖުމްލަ 265 ހެކްޓަރު ހިއްކުމަށް ނިންމާފައިވެއެވެ. ފުރަތަމަ ހިއްކަން ނިންމާފައިވަނީ ސައިޓް ސީ ގެ 190 ހެކްޓަރު ކަމަށާއި އެއަށް ފަހު ސައިޓް އީގެ 75 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ސައިޓަށް މޮބިލައިޒްވެ ބިން ހިއްކުމަށް ބޭނުންވާ ބަންޑް ޖެހުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަ މޮބިލައިޒްކުރެވި ބިން ހިއްކުންމަށް މިހާރުވަނީ ފަށާފައެވެ. އަދި މި ސައިޓުތަކުގެ މަސައްކަތް ކުރުމަށް ބޭނުން ކުރާ ޑްރެޖަރަކީ މީގެ ކުރިން ބޭނުން ކުރަމުން އައި ޑްރެޖަރުގެ ދެ ގުނަ ކެޕޭސިޓީ ވަރުގަދަ ޑްރެޖަރެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ ރަސްމާލެ މަޝްރޫއެވެ. އެގޮތުން މީގެ ކުރިން ހިއްކާފައި ވަނީ ސައިޓް L ,G ,F ,D ގެ 390 ހެކްޓަރުގެ ބިމެވެ. މިމަޝްރޫއުގެ ދަށުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ބުނީ، 2023 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މިމަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްފައިވާއިރު މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން 12 ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ 5 ސަރަޙައްދަކުން 100 ހެކްޓަރުވަނީ މާރިޗް އަދި އޭޕްރީލް މަހު ހިއްކާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއްޚަބަރު | މަހެއް ކުރިންރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި ޚަބަރު | މަހެއް ކުރިންރަސްމާލެ ހިއްކުމަށް އިތުރު ޑްރެޖަރެއް ގެންނަނީ ޚަބަރު | މަހެއް ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ، މިހާތަނަށް 129 ހެކްޓަރު ހިއްކައިފި ޚަބަރު | މަހެއް ކުރިން