logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ މި މަހު 17 ގެ ކުރިން 95،000 މެމްބަރުން ހަމަކުރުން: މެމްބަރު މުހައްމަދު އިސްމާއީލް

އާމިނަތު ޝަފާ
10 ނޮވެމްބަރު 2024 - 12:53
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް

އަމާޒަކީ މި ހިނގާ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުގެ ކުރިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)އަށް 95،000 މެމްބަރުން ހަމަކުރުންކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މިހާރު ކުރިއަށް ގެންދާ ހާއްސަ ހަރަކާތާ ބެހޭގޮތުން މެންދުރު ޓީވީގެ ހަބަރުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 7 ސަރަހައްދެއްގައި 7 ޓީމެއް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މެމްބަރު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޕާޓީއަށް ވަނުމަށް ވަރަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނަކަމަށާއި އެގޮތުން ކުރިން 3،000 ހަމަނުވާ ޕާޓީއެއްގެ ގޮތުގައި އޮތް ވެރިކަން ކުރާ ޕީއެންސީގައި މިވަގުތު 64،000 މެމްބަރުން އެބަ ތިއްބެވިކަމަށެވެ.

"ޓާގެޓަކީ މި ކުރެވޭ މަސައްކަތުން މި މަހުގެ 17 ގެ ކުރިން 90،000 އާއި 95،000 އާ ދެމެދަށް މެމްބަރުން އިތުރުކުރުން ."

ސަރުކާރު ހިންގާ ޕާޓީއަށް މެމްބަރުން ވައްދަނީ ބިރުދައްކައި މަޖުބޫރުކޮށްގެންކަމަށް ދޭހަވާ މޭރުމަކުން އިިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ވިދާޅުވީ އެއީ ވަރަސް ޣައިރު ޒިންމާދާރުވާ ވާހަކަތަކެއްކަމަށެވެ.

"ވަޒީފާގެ ބިރުދައްކައިގެން ފްލެޓް ދޭނަމޭ ކިޔައިގެނެއްނޫން މެމްބަރުން އިތުރުކުރުކުރަނީ. މިއަދު ގިނަ ރައްޔިތުން ގަބޫލުކުރައްވާ ރައީސް މުއިއްޒަކީ މިފަހުގެ ތާރީހެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒިންމާދާރު ، ރިޔާސީ ވައުދު ފުއްދަވާ ވެރިޔާކަން".

މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައިގެން ފޯމްތައް ލިބޭ ވަރަކުން ރައީސްގެ އަތްޕުޅަށް އަރުވަމުން ދާކަމަށް މެމްބަރު ވިދާޅުވިއެވެ.

"އަދި އިލެކްޝަން ކޮމިޝަނަށް ހުށަނާޅާ 20،000 ފޯމް އުޅޭނެ. އެ ފޯމުތައް ހަވާލުކުރަން ބޮޑު އިވެންޓެއް ބާއްވަން އަޅުގަނޑުމެންގެ އަމާޒުހުރީ".

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ޕީއެންސީއަށް 75،000 މެމްބަރުން ހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީކަމުގައި ހެދުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މުހަައްމަދު އިސްމާއީލްޚަބަރު | 4 ގަޑިއިރު ކުރިންދިވެހިންނަށާއި ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ އެމްޑީޕީގެ ވެރިކަންތަކުގައި: މުހައްމަދު އިސްމާއީލްޚަބަރު | 6 ދުވަސް ކުރިންމީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 19 ދުވަސް ކުރިންޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން: ޝިޔާމްޚަބަރު | 25 ދުވަސް ކުރިން