logo
ޚަބަރު

ރައީސް ވެރިކަން ހިންގަވަނީ ތިރިން މައްޗަށް، ހުވަފެން ހަގީގަތަކަށްވެއްޖެ: އާދަމް ނަސީރު

އާމިނަތު ޝަފާ
10 ނޮވެމްބަރު 2024 - 15:12
ވަޒީރު އާދަމް ނަސީރު އިބްރާހިމް// ފޮޓޯ: ރައީސް އޮފީސް
ވަޒީރު އާދަމް ނަސީރު އިބްރާހިމް// ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ހިންގަވަމުން ގެންދަވަނީ ތިރިން މައްޗަށްކަމަށާއި ވުމާއެކު 20 ގަރުނުގައި ދިވެހިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ޖުމްހޫރީ ދުވަހެއް ރަމްޒުކޮށްދެނީ ދިވެހިންނާ ބެހޭ ކަންކަން ނިންމާނީ ދިވެހިންކަމަށް އޮންނަ އޮތުންކަމަށެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާމެދު އޮތް ވިސްނުންފުޅު މީގެ ކުރިން ހުށަހެޅުއްވީ ވަރަށް ތަރުތީބުގޮތެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާައެކު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި ފަހުންވެސް 2 އިބާރާތެއް އެމަނިކުފާނު ތަކުރާރުކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއް އިބާރާތަކީ ތިމަން މަނިކުފާނު ހުންނަވާނީ އަބަދުވެސް ރައްޔިތުންގެ ފަޅީގައޭ. އެކަން ފެންނަމުން އެދަނީ. ދެވަނަ އިބާރާތަކީ ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ތިން މައްޗަށޭ. މާނައަކީ ރައްޔިތުންނާ އެކުގައޭ ވެރިކަން ކުރައްވާނީ.މިކަން ހަގީގަތަކަށް ހެއްދެވުމަށް 20 އަހަރުގެ މާސްޓާ ޕްލޭން އެވަނީ އިފްތިތާހުކުރެވިފައި".

މި މާސްޓާ ޕްލޭން ނިމިގެންދާއިރު ހުރިހާ ރައްޔިތުންގެ ހިޔާލާއި ފިކުރު ހިމެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރަނީ ޚަބަރު | 3 މަސް ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 9 މަސް ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 10 މަސް ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | 10 މަސް ކުރިން