logo
ޚަބަރު

މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރަނީ

ޝަހްޒާ މުހައްމަދު
14 ޖޫން 2025 - 10:30
މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރަނީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދައުލަތުގެ މީޑިއަށް ދެއްވި އިންޓަވިއުއެެއްގައި މިކަން ހާމަކުރައްވައި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވި ގޮތުގައި، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ތާރީޚީ މަޢުލޫމާތު އާންމުކުރުމާއި، އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރޭގައި ޤައުމީ ދިފާއީ ބަރާއި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ފުޅަނދުބުރު ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދަޅުވީ، އެނޫން ބައެއް ކަހަލަ ހަރަކާތްތައްވެސް މާލެއާއި ހުޅުމާލޭގަވެސް އޮންނާނެކަމަށެވެ. އޭގެއިތުރަށް ޓީވީ ރޭޑިއޯ މެދުވެރިކޮށް ބައެއްކަހަލަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް އާންމުކުރެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ދުވަސްތައް ރަސްމީކޮށް ފާހަގަކުރުމަކީ އެއް ޖީލުން އަނެއް ޖީލަށް ތާރީޚާއި ތަރިކަ ފޯރުކޮށްދިނުމަށް މުހިންމު ކަމެކެވެ. މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، 60 ވަނަ މިނިވަން ދުވަހުގެ ޚާއްސަ ލޯގޯއެއް ތައްޔާރުކުރުމަށް ވަނީ ހުޅުވާލާފައެވެ.

ފާއިތުވި އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ހަރަކާތްތައް ނުބޭއްވުނު ނަމަވެސް، މިއަހަރުގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26ވަނަ ދުވަސް ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގައި 60 ރުއް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި ޚަބަރު | މަހެއް ކުރިންޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފިޚަބަރު | 2 މަސް ކުރިންޗީފް ޖަސްޓިސް ރިޓަޔާޑް، މުއުތަސިމް އަދްނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފި ޚަބަރު | 2 މަސް ކުރިންމިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި ޚަބަރު | 2 މަސް ކުރިން