logo
MPL

MPL

ޚަބަރު

ހެވިކަމުގެ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން ކުރިޔަށްދާނީ މިރޭ

އަޙުމަދު ރިޝާން
26 ޖުލައި 2026 - 13:43
ހެވިކަމުގެ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން ކުރިޔަށްދާނީ މިރޭ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން ކުރިޔަށްދާނީ މިރޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި ހަރާކާތް މިރޭ ފެށުމަށް ނިންމާފައި ޖުމްހޫރީމައިދާނުގައ 20:30ގަ އެވެ. އަދި މިހަރަކާތްތައް ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެއެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

 މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތަށް އަހަރެއް, 1,000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުވެ، ކުރިމަގު އުޖާލާކޮށްފިޚަބަރު | 12 ދުވަސް ކުރިން ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭޚަބަރު | 2 މަސް ކުރިންގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފިޚަބަރު | 2 މަސް ކުރިން