logo
Bank of Maldives

Bank of Maldives

ޚަބަރު

ގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފި

އައިޝަތު ނަޝާ
8 އޯގަސްޓު 2026 - 07:26
ގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފި

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 6،000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭގެ 22:37 ހާއިރުއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

އެމްއެެންޑީއެފް އިން ރޭ ބުނެފައިވަނީ، "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ.

 

View post on Twitter

 

އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭޚަބަރު | 2 މަސް ކުރިންގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފިޚަބަރު | 2 މަސް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | 2 މަސް ކުރިންދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ކައްޕި އާއި ފުލުހަކާއި ސިފައިންގެ މީހެއް ގެއްލިއްޖެޚަބަރު | 2 މަސް ކުރިން