logo
Bank of Maldives

Bank of Maldives

ޚަބަރު

ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭ

އައިޝަތު ނަޝާ
10 އޯގަސްޓު 2026 - 09:52
 ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު  ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭ

ފްރެންޑް 4 ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯޯސްޓެއްގައި އެމްއެންޑީއެފްއިބުނީ، އެ 3 މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން 7،512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާކަމަށް އެމްްެއެންޑީއެފް އިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ފްރެންޑް 4 ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާ ހިނގީ، ތ.އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށްނެވެ. ދޯނި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވެއެވެ.

ހާރިޖީ ވުޒާރާއިން ބުނީ ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ބޭރުގެ ފަންނީ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އެ ވުޒާރާއިން ބުނީ މި އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީ ހޯދުމަށާއި، އަޑިއަށްދިޔަ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ގެއްލުނު މީހުން ފެންނަންދެން، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މި މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުވަހާސް އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަޙައްދެއް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭޚަބަރު | 3 ގަޑިއިރު ކުރިންގެއްލުނު މީހުން އަދިވެސް ނުފެނޭ ހަހާސް އަކަ ނޯޓިކަލް މޭލު ބަލައިފިޚަބަރު | 2 ދުވަސް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | 4 ދުވަސް ކުރިންދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ކައްޕި އާއި ފުލުހަކާއި ސިފައިންގެ މީހެއް ގެއްލިއްޖެޚަބަރު | 4 ދުވަސް ކުރިން