logo
MPL

MPL

ޚަބަރު

ދޯންޏަކަށް ދިޔަވެ އަޑިއަށް ގޮސް ކައްޕި އާއި ފުލުހަކާއި ސިފައިންގެ މީހެއް ގެއްލިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޯގަސްޓު 2026 - 02:31
ދޯނި ބަންޑުންޖަހާލި ސަރަހައްދު، ފޮޓޯ: އެމްއެންޑީއެފް
ދޯނި ބަންޑުންޖަހާލި ސަރަހައްދު، ފޮޓޯ: އެމްއެންޑީއެފް

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް އަށް މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ދޯނި އަޑިއަށް ގޮސް ތިން މީހަކު ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ 5 އޯގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އެރޭގެ 23:22 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ވަނީ ވަގުތުން ފަށާފައެވެ.

ނަމަވެސް، ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ އޭގައި ހުރި މުދަލާއެކު އެއްކޮށް އަޑިއަށް ގޮސްފައެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ކަނޑުން ސަލާމަތް ކޮށްފަ އެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި، ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަނެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން މިހާރު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީޚަބަރު | 5 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 9 ދުވަސް ކުރިން