logo
Bank of Maldives

Bank of Maldives

ޚަބަރު

މިނިވަން ދުވަހުގެ އުފަލުގައި ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީ

އަޙުމަދު ރިޝާން
23 ޖުލައި 2026 - 04:09
ހުޅުމާލެ
ހުޅުމާލެ

މިނިވަން ދުވަހުގެ އުފަލުލުގައި ހުޅުމާލޭގައި ކާނިވަލެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މި ކާނިވާ އެއް ހަފުތާ އަށް ދިގު ދެމިގެން ދާނެ ކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ މި ކާނިވާ ފެށުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. އެޗްޑީސީން ބުނީ މި އެވެންޓް ކުރިޔަށް ގެންދަނީ އޮފިޝަލް އިވެންޓްސްއާ ގުޅިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިވަން ދުވަހުގެ އުފަލުގައި ބާއްވާ މި ކާނިވާގައި އެކި އުމުރުގެ މީހުންނަށް ހާއްސަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެޗްޑީސީން ނިންމާފައިވެ އެވެ. އެގޮތުން ތަފާތު އެކި ގޭމްތަކާއި ބިރުވެރި ހޮހޮޅައާއި، ޑިޖިޓަލް ގޭމްތަކާއި، ފުޑްކޯޓްތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދައްގެ އިތުރުން ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާ އެކު ލައިވް މިއުޒިކް ޝޯތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އެޗްޑިސީން ބުނީ މިނިވަން ދުވަހުގެ މި ހަރަކާތްތަކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްބައިވަންތަކަމާ އެކު ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެކި މުނާސިބަތުތަކާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އެކުވެ، ހިތްހަމަޖެހި މަޖާކޮށްލެވޭ ފަދަ އިތުރު އިވެންޓްތައް ވެސް ކުލަގަދަކޮށް ބާއްވަމުންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިވަން ދުވަހުގެ އުފަލުގައި ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭ ފޭސް 2ގައި ދޫކޮށްފައިވާ ބިންތައް ވިޔަފާރި ބޭނުންތަކަށް ބޭނުންކުރެވެން ޖެހޭ: މިނިސްޓަރު މުއްތޮލިބުޚަބަރު | 17 ދުވަސް ކުރިންހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | 18 ދުވަސް ކުރިންއެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން