logo
MPL

MPL

ޚަބަރު

އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2026 - 10:12
އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާއެކު މަޝްވަރާކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާއި އެ ކޯޕަރޭޝަންގެ ބައެއް އިސް ވެރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީން ހާމަކުރި ގޮތުގައި، ހިޔާ މަޝްރޫޢުގެ ދަށުން އެ ކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެކެވެ. އެހެންކަމުން، ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން އެކަން ޤަބޫލުކޮށް، މިއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެންވެސް ކޮށްދޭންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މެނޭޖްމަންޓުގެ އަމާޒަކީ ބިން ހަމަޖެހުމާއެކު މި މަޝްރޫޢު ވީހާވެސް އަވަހަކަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެމްޓީސީސީގެ އެމްޑީ ސައުދީގެ އިސްނެންގެވުމުގެ މަތިން މި މަޝްރޫޢު އަލުން ކުރިއަށް ގެންދިއުމަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ކުންފުންޏަށް ބިމެއް ހަމަޖައްސައިދިނުމަށް އެޗްޑީސީއަށް ސިޓީފުޅަކުން އަންގަވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގި މައްސަލައިގައި، އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހުގެ އިތުރުން ކުރީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ކުރީގެ މެންބަރުން ކަމަށްވާ ހުސައިން ޒުހުރީ، މުހައްމަދު ނާޒިމް އަދި އިސްމާއީލް އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންއަމީނީ މަގުގެ ދެ ސެގްމަންޓެއް ނިންމާ ހުޅުވާލައިފި, އާދީއްތައިގައި ދެން އޮތް ބައިގެ މަސައްކަތް ފަށަނީޚަބަރު | 2 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | 8 ދުވަސް ކުރިންްއެމްޓީސީސީގެ ޕްރޮޖެޓް މެނޭޖަރުންނަށް ޕްރޮޖެކްޓް ހިންގާ ރޭވުމަށް ޓްރޭނިންގ ދީފިޚަބަރު | 9 ދުވަސް ކުރިން