ގައުމީ ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައެއް ނުވާނެ: ވަޒީރު އާދަމް ނަޞީރު
20 އޮކްޓޯބަރު 2025 - 05:56

ދާރުލްއާސާރުގެ އެތެރެއާއި ބޭރުގައި ބަހައްޓާފައިވާ ތަކެތީގެ ތެރެއިންވެސް އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ގައުމީ ދާރުލްއާސާރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްކަތަކީ ދާރުލްއާސާރު ހުރި އިމާރާތުގެ އެތެރެއާއި އިމާރާތުގެ ބޭރުގެ ސަރަހައްދާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އާސާރުގެ ގޮތުގައި ހިމެނޭ އެތައް އެއްޗެއް، ދާރުލްއާސާރު ހުންނަ އިމާރާތުގެ ބޭރުގައި ވެސް އާސާރުގެ ގޮތުގައި ވަނީ ދައްކަން ބަހައްޓަފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ގައުމީ ދާރުލްއާސާރު ހުންނަ ސަރަހައްދާ އިމާރާތައް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ކުރި ދާރުލްއާސާރުގައި ހުރި އެތައް ބައިވަރު ކުންޏެއް ވަނީ ނަގާ އުކާލެވިފައިކަމަށެވެ.

Ad by Hajj Corporation
ދާރުލްއާސާރު ތަރައްގީ ކުރުމަށް އުކާލި ކުނީގެ ތެރޭގައި ދާރުލްއާސާރު އިމާރާތުގެ އެތެރޭގައި ހުރި ކުންޏާ، އިމާރާތުން ބޭރުން ގޯތި ތެރޭގައި ހުރި ކުނި ވެސް ހިމެނޭކަމަށެވެ. އަދި ކުނި ކަމަށް ކަނޑައަޅަންޖެހޭތަކެތި އެއީ ނައްތާލަން ޖެހޭ ތަކެތިކަން ކަމަށް ކަނޑައަޅާފައިވަނީ ގާނޫނުގެ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާލެވިފައިވާ ގަވާއިދާ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބާވެ ހަލާކުވެގެން ނުވަތަ ހަލާކުވެގެން ބޭނުން ކުރެވެން ނެތް މުދާ ނީލައް ކިއުމާ ނައްތާލުމުގައި އަމަލުކުރާނެ އުސޫލާއި އެއްގޮތް ވާނެ ގޮތުގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނައްތާލަށްޖެހޭ ތަކެތި ނައްތާލާފައިވަނީ ގާނޫނާއި ގަވާއިދާ އުސޫލުގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާރުލްއާސާރުގެ ކުނިކަމަށް ކަނޑައަޅަންޖެހޭތަކެތި އެއީ ނައްތާލަންޖެހޭ ތަކެތި ކަމަށް ކަނޑައަޅާފައިވަނީ ގާނޫނޫ ނަންބަރު 3/ 2006 ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނޫގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދާ ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާ ބާވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން މުދާ ނީލައްކިއުމާއި ނައްތާލުމުގައި އަމަލުކުރާނެ އުސޫލާ އެއްގޮތް ވާނެ ގޮތުގެ މަތިން، އަދި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެކަމުގެ ޔަގީންކަން ކަށަވަރު ކުރެވިފައިވާނެ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް
އަދި ދާރުލްއާސާރުގެ އެތެރެއިން އުކާލެވުނު ކުނި ހުރީ އާސާރީތަކެތި ހުންނަ ބައިގައި ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދާރުލްއާސާރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ދާރުލްއާސާރުގައިވާ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާ ކަމުގެ ޔަގީންކަން ކަށަވަރު ކުރެވިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.