ޚަބަރު
ކޯސްޓްގާޑް ޝިޕް ހުރަވީ މަރާމާތަށް އިންޑިއާއަށް ފުރައިފި
އާމިނަތު ސަފާ
10 ނޮވެމްބަރު 2024 - 15:59
އިންޑިއާ ސަރުކާރުން ހަދިޔާކުރި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީ މަރާމާތަށް އިންޑިއާ އަށް ފުރައިފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ހުރަވީ ބަލާ އިންޑިއާގެ ކޯސްޓްގާޑް މަނަވަރު އައިއެންއެސް ތަލްވާރު އައިއިރު، އެ މަނަވަރާއެކުގައި ހުރަވީވެސް އިންޑިއާ އަށް ގޮސްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހުރަވީ މަރާމާތުކުރުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންދެވިފައެެވެ.
އިންޑިއާ ސަރުކާރުން އެއްބަސްވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގައި ތެރެއިން ހިލޭ އެ ހިދުމަތް ދިނުމަށެވެ.
ކޯސްޓުގާޑުން މިހާރު ބޭނުންކުރާ ސީޖީއެސް ހުރަވީ އަކީ އެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ.