ޚަބަރު
ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ކަނޑު ވި ޑިންގީ ކައިރީގައި ކޯސްޓްގާޑް
އާމިނަތު ސަފާ
25 އޮކްޓޯބަރު 2024 - 11:06
ފަރުމަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އޭގައި ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ ތިން މީހުންނާ އެކު ފަރުމަސްވެރިކަން ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު، މިއަދު ހެނދުނު 06:11 ހާއިރު ލިބިފައިވާކަމަށެވެ.
އެ ޑިންގީ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު ހޯދާފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބަށް ވާރޭ ވެހުނު ނަމަވެސް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.