logo
ޚަބަރު

މި މަހުގެ 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަނީ

އާމިނަތު ޝަފާ
11 ނޮވެމްބަރު 2024 - 05:47
ދަރުމަވަންތަ ހޮސްޕިޓަލް // ފޮޓޯ: ސަންގު
ދަރުމަވަންތަ ހޮސްޕިޓަލް // ފޮޓޯ: ސަންގު

މި ހިނގާ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

އެމަނުކުފާނު މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތްދެވޭނެ ތަނަށް ހެދުމަށްފަހު މި މަހު ހުޅުވާނެކަމަށެވެ.

"ކުރިން ބައެއް މީހުން ހޮހަޅައެއްގެ ގޮތުގައި ކީ ތަނެއް. މި ސަރުކާރުން އެ ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދެވޭނެގޮތަށް ބައްޓަންކޮށް މި މަހުގެ 16 ގައި ހުޅުވާނަން".

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން އެމްޑީޕީގެ ސަރުކާރުގައި ވެސް ތާރީހުތަކެއް ދިނެވެ. އެކަމަކު އެއީ ކޮރަޕްޝަނުގެ އަމަލެއްކަމަށް ސިފަކޮށް 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހޮސްޕިޓަލް ބޭނުންކުރަން ފެށީ ރަސްމީކޮށް ނުހުޅުވައެވެ.

އައިޖީއެމްއެޗުގައި މީގެ ކުރިން ހިންގި ގިނަ ޑިޕާޓްމަންޓުތަކެއް ވަނީ ދަރުމަވަންތައިގެ އެކި ފްލޯތަކަށް ބަދަލުކޮށްފައެވެ.

ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް މަސައްކަތް ފެށީ ޖޫން، 5، 2016 ގައި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 9 މަސް ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 10 މަސް ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | 10 މަސް ކުރިންހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ވެރިކަން ޚަބަރު | 10 މަސް ކުރިން