logoEN
ޚަބަރު

އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު ބިދޭސީންގެ މައްސަލަ މިސަރުކާރުން ހައްލު ކުރާނެ- މުބީން

ހުސައިން ވަސީމްހުސައިން ވަސީމް

12 ނޮވެމްބަރު 2024 - 04:36

ބިދޭސީންގެ މައްސަލއަކީ އެއްވެސް ބަޔަކަށް ހައްލުކުރަން ނުކެރުނު މައްސަލައެއް އެހެން ނަމަވެސް އެމައްސަލަ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގެންދަވަނީ ހައްލުކުރައްވަމުން ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާޙަކަދައްކަވަމުން މުބީން ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ އެއްވެސް ވެރިކަމެއްގައި އެއްވެސް ރައީސްއަކަށް ހައްލު ނުކުރެވިފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވަނީ އެމައްސަލަވެސް ހައްލުކުރެއްވުމަށް މަސައްކަތް ފައްޓަވާފައި ކަމަށެވެ.

ކުރީ ސަރުކާރުތަކަށް ބިދޭސީންގެ މައްސަލަ ހައްލުނުކުރެވިފައި އޮތީ މިކަމުގައި ސަރުކާރަށް ނިސްބަތްވާ ބޮޑުންގެ ޝާމިލުވުން އޮތުމުން ކަމަށް މުބީން ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސްއަށް ގެނައި ބަދަލާއި ވޭޕް މަނާ ކުރުމަށް އެޅި ފިޔަވަޅުތަކަށް އަލިއަޅުވައިލައްވަމުން މުބީން ވިދާޅުވީ މިކަންކަމަކީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކަމަށާ އެހެން ނަމަވެސް މިއިން އެއްވެސް ކަމަކީ ކުރީ ސަރުކާރުތަކުން ކުރަން ނުކެރިފައި ހުރި ކަންކަން ކަމަށެވެ. އަދި އަދުގެ ސަރުކާރަކީ ވަކި ވިޔަފާރިވެރިޔަކަށް ނުވަތަ ވަކި މީހަކަށް ބަލާނެ ސަރުކާރެއް ނޫން ކަމަށާ މިއީ ރައްޔިތުންނަށް ހިދުމަތް ކުރަން އައި ސަރުކާރެއް ކަމަށް މުބީން ވިދާޅުވި އެވެ.

"މީގަ ވަރަށް ބޮޑެތި ކުންފުނިތައް އެބަ ހިމެނޭ އަބަދުވެސް ރާއްޖޭގެ ރައްޔިތުން ކެންޑިނޭޅި ދައްކަމުން އަންނަ ވާހަކައެއް އެއީ ރާއްޖެ މިއޮންނަނީ މުއްސަނދިންތަކެއްގެ އަތްދަށުގައި ވަރަށްބޮޑަށް ތާށިވެފަ ކަމަށް، ގާނޫނަށް ބަދަލެއްގެންނަން ކަމަށްވިޔަސް އެބޭފުޅުންގެ ވަކިތަކުން ސަލާމަތްވާން އުނދަގޫވާ ހާލަތެއްގަ އަޅުގަނޑުމެން ތިބެން މިޖެހެނީ މިއިން ކޮންމެ ކަމަކާ އެއްކޮށް އެތަށް ޕްރެޝަރތަކެއް އެބައޮތް" މުބީން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީވެސް ސަރުކާރުގެ ބޮޑުންނާ ލިންކު އޮންނަ ކަމެއް ކަމަށާ ކުރީ ސަރުކާރުތަކަށް އެމައްސަލަ ހައްލު ކުރަން ނުކެރިފައި އޮތީ އެކަމުގެ ސަބަބުން ކަމަށް މުބީން ވިދާޅުވިއެވެ.

"ބިދޭސީންގެ މައްސަލައަކީވެސް ގިނަ ބިދޭސީންނަކީވެސް ނެޓްވޯކްތައް ހެދިފަ މިއޮންނަނީ އެތައްބައިވަރު ސަރުކާރުގެ ބޮޑުންނާ ގުޅިފައި އެހެންވީމަ މީގެން ފަރާތެއްގައިގަ އަތް ލުމަކީ އުނދަގޫ ކަމަކަށްވެފަ މިއޮންނަނީ " މުބީން ވިދާޅުވިއެވެ.

ކަންމަތީ ފިހާރަތަށް ހަދައިގެން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ އެތައް ބިދޭސީންނެއްގެ މަސައްކަތްތައް ހުއްޓުވާ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންގެ މައްސަލައާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީންގެ މައްސލަވެސް މިސަރުކާރުން މިހާރު ވަނީ ހައްލުކޮށްފައި ކަމަށް މުބީން ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހިރައްޔިތުންނަށް އެތަށް ބައިވަރު ކުރިއެރުންތަކެއް ލިބެމުންދާކަމަށްވެސް މުބީން ވިދާޅުވިއެވެ.

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder