logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް: މުބީން

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖުލައި 2025 - 16:28
އެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް: މުބީން

އެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް ކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އަދި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު މުބީން  ރޭ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީން ރޭ ގެނެސްދިން ’’ބޮޑުސައްލާ’’ ޕްރޮގްރާމްގައި ބޯހިޔާވަހިކަމާއި ގުޅިގެން ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު، ބޯހިޔާވަހިކަމުގެ ކުރެޑިޓް އެމްޑީޕީއަށް ދިނުމަށް ވާހަކަދެއްކެވުމާއި ގުޅިގެން މުބީން ވިދާޅުވީ އެމްޑީޕީ އަށް ކްރެޑިޓް ނަގަން ވާހަކަދެއްކިދާނެ ކަމަށާއި، އެކަމަކު އެއީ ހަގީގަތެއްނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީއަށް ވެރިކަންކުރަން ރައްޔިތުން ދެ ދައުރު ފުރުސަތު ދިނުމުން ވެސް އެމްޑީޕީ ވަނީ ފެއިލް ވެފައިކަމަށް މުބީން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ތަރައްގީ ގެނެސްދިނީ އެމްޑީޕީން ނޫންކަމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ހިންގައި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ އާރުކާޓީއަކަށް ހުންނެވީ ރައީސް ވަހީދާއި، ރައީސް ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުކަމަށް މުބީން ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބުމުން ބިންތައް ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށިފައިވާ ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވިގޮތުގައި އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ ނަމުގައި އިންތިޚާބު ބޯމަތިވުމުން ފަޅުންނާއި ކަނޑުން ގޯތިދީ ރައްޔިތުންނަށް ކުރީ މަލާމާތާއި ފުރައްސާރައެއްކަމަށެވެ.

ބިން ހިއްކައި ގޯތިތައް ވެސް ކަނޑާފައި ދޭނީ މި ސަރުކާރުންކަމަށް މުބީން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް: މުބީންޚަބަރު | މަހެއް ކުރިންތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | 2 މަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | 3 މަސް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | 3 މަސް ކުރިން