logo
MPL

MPL

ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފި

ޒިދާން މުޙައްމަދު
6 ޖެނުއަރީ 2026 - 12:26
ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފި

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ ލ. މާވަށު ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.

އެ ޓީމުގެ ކުޅުންރެރިންނަށް ޖާޒީ ހަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާޢްވާފައި ވާއިރު، މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ ލ. މާވަށު ޓީމުގެ ސޮކޮޑްގައި ހިމެނޭ ކުޅުންތެރިންނަށް ޖާޒީތައް ހަވާލުކޮށްދެއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަހުމަދު މުބީން އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ހުސައިން ނިހާދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖާޒީ ހަވާލުކޮށްދެއްވުމަށް ފަހު ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، މާވަށު ޓީމު ނުކުންނަނީ ތަޖުރިބާކާރު ކޯޗަކާއެކުގައި ކަމަށާއި ކޯޗުގެ އިރުޝާދުގެ ދަށުން ކާމިޔާބު ހާސިލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކުޅިވަރުގެ ރޫޚާއި އަަޚްލާޤް ހިފެހެއްޓުމަކީ ކާމިޔާބީއަށް ވާސިލުވުމަށް ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި އަޚްލާޤް ހިފެހެއްޓުމަށް މުބީން ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

836c4b75-0fcd-4eea-85ab-f098a750b99d.jpg

މާވަށު ފުޓަސަލް ޓީމާ މުހާތަބުކޮށް މުބީން ވާހަކަދައްކަވަނީ ---

މީގެ އިތުރުން ވިދާޅުވީ، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުނަރުވެރި މޮޅު އެތައް ކުޅުންތެރިންނެއްގެ ކުޅުމާއި މޮޅު ހުނަރު ފެނިގެންދާ މުބާރާތެއް ކަމަށާއި ހައްދުންމަތީގެ އެތަކެއް ތަރިންނެއް ރާއްޖެއަށް ރީތި ނަން ހޯދައިދީ ފުޓްސަލްގައި ވިދާލާފައިވާ ކަމަށެވެ. ޗެއާމަން މުބީން ވަނީ ޖޯޒީ އެމްވީގެ ފަރާތުން ޖާޒީ ހަވާލުކޮށްދެއްވުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކުރައްވާފައެވެ.

ޒުވާން ހުނަރުވެރި އުންމީދީ ކުޅުންތެރިންނަށް ފުޓަސަލް އާއި ފުޓުބޯޅައިގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް މުބީން ވިދާލުވިއެވެ.

Picture1.png

މާވަށު ޓީމުގެ އެންމެ ހަގު ޒުވާން ތިން ކުޅުންތެރިން ----

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެއެވެ.

މުބާރާތުގައި މާވަށް ކުޅޭ ފުރަތަމަ މެޗުގައި މިރޭ 11:00 ގައި ބައްދަލުކުރާނީ ލ. ކަލައިދޫއާއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރުވެ، އުނދަގޫ ޕޮއިންޓެއްކުޅިވަރު | 8 ދުވަސް ކުރިންހިތްވަރުގަދަ ދިއްދޫއިން ނިއުއާއި އެއްވަރު، ޗެއާމަންގެ ތައުރީފު ދިއްދޫއަށްކުޅިވަރު | 13 ދުވަސް ކުރިންރަތްދޫލައިގެ މަރުޚަބާއާއެކު ދިއްދޫއިން ތާރީޚީ މެޗަށް ވަރަށް ބޮޑަށް ތައްޔާރު، ނިއުރޭޑިއަންޓް މެޗަށް ޚާއްސަ މެހެމާނުންތަކެއް ފެނިގެންދާނެކުޅިވަރު | 15 ދުވަސް ކުރިންއެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ނަންތައް އިޢުލާނުކޮށްފި. ނިއުގެ ދަ ސިލްވާއަށް އެވޯޑް ލިބުން ވަރަށް ގާތްކުޅިވަރު | 18 ދުވަސް ކުރިން