logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފި

އަބްދުﷲ ޣާނިމް
2 ފެބްރުއަރީ 2026 - 09:18
ިއިއްޔެ ކުޅުނު ޒޯނު ފައިނަލުގައި ތިމަރަފުށި ތަށިއުފުލާލަނީ - ފޮޓޯ: ޓީއެފްޕީ
ިއިއްޔެ ކުޅުނު ޒޯނު ފައިނަލުގައި ތިމަރަފުށި ތަށިއުފުލާލަނީ - ފޮޓޯ: ޓީއެފްޕީ

ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ނުހަނު ކާމިޔާބު އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ތިމަރަފުށީ ފުޓްސަލް ޓީމަށް، މިފަހަރުގެ މުބާރާތުގައި ފުރިހަމަ ކާމިޔާބީއަކަށް އެދި ނިއުރޭޑިއަންޓްގެ ޗެއާމަން އަޙުމަދު މުބީން ހިތްވަރު ދެއްވައިފިއެވެ. މުބީން ވަނީ ތިމަރަފުށީގެ ޓީމަކީ އޭނާގެ އެންމެ ފޭވަރިޓް ޓީމުކަން ފާހަގަކުރައްވައި، މުބާރާތުގެ ތަށި އެ ރަށަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ސޯސަލް މީޑިއާއަށް ދޫކޮށްލެއްވި މެސެޖުގައި މުބީން ބުނެފައިވަނީ ތިމަރަފުށީ ޓީމަކީ ދިވެހި ފުޓްސަލްގެ "ސްޓާރުން" ކަމުގައި ބެލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއްކަމުގައި ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގަބޭ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބުކަމަށް ފާހަގަކޮށް،  ރޮނާ، އަފްލާޒް، މުނީޒް، އާދަންނާ އަދި ސިނާ ފަދަ ކުޅުންތެރިންނަކީ ދަނޑުމަތީގައި ދައްކާ ހަލުވި ކުޅުމާއި ޓީމުވޯކްގެ ސަބަބުން އިދިކޮޅު ޓީމުތަކަށް ހުއްޓުވަން އުނދަގޫ ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޓީމުގެ ކޯޗު އިބްރާހީމް ޝަރީފް (އިއްސެ) އަކީ ޓީމު ރޭވުމުގައާއި ކުޅުންތެރިންގެ ކިބައިން އެންމެ ރަނގަޅު ކުޅުން ނެރުވުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކޯޗެއްގެގޮތުގައި ފާހަގަކުރެއްވިއެވެ.

ތިމަރަފުށީ ޓީމުން މީގެ ކުރިންވެސް ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަދަ ބޮޑެތި މުބާރާތްތަކުގައި ރަށަށް ރީތި ނަން ހޯދައިދީފައެވެ. ތިމަރަފުށީގެ ފޯރިއާއި، ކުޅުންތެރިންގެ ހުނަރާއެކު މިފަހަރުގެ މުބާރާތުގައި ވެސް ކާމިޔާބީއެއް ހޯދުމަކީ ހުރިހާ ސަޕޯޓަރުންގެ ބޮޑު އުންމީދެކެވެ.

"ތިމަރަފުށީ ފުޓްސެލް ޓީމަށް މިފަހަރުގެ މުބާރާތުގައި ފުރިހަމަ ކާމިޔާބީއަކަށް އެދެން. ތަށި ތިމަރަފުއްޓަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާށި. އާމީން!" މުބީން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | ގަޑިއިރެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިންއުމެއިރަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް، ރައީސްގެ ދަރިކަލަކަށް ވުމުން ކުޅުމުން މަހްރޫމް ވާކަށްނުޖެހޭ: މުބީންޚަބަރު | މަހެއް ކުރިން