logo
Bank of Maldives

Bank of Maldives

ޚަބަރު

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަން އަލުން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2025 - 11:42
ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަން އަލުން ފަށައިފި

ވަގުތީ ގޮތުން ބަންދުކޮށްފައި އޮތް ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ހާމަކުރައްވައިފިއެވެ.

އަހްމަދު މުބީން ވިދާޅުވީ، އެއާޕޯޓްގެ މައްސަލަ ހައްލުކުރެވި، މިހާރު އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިދަނޑިވަޅުގައި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރު.އޭ.ސީ.އެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަން އަޅުގަނޑު ޔަގީންކޮށް އަރުވަން." މުބީން ވިދާޅުވެފަވެއެވެ.

އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ސަބަބާ ގުޅޭގޮތުން އެމްޑީ މުބީން ވިދާޅުވީ، އާރްއޭސީ ހަވާލުވިއިރުވެސް ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއް ކަމަށެވެ. ނަމަވެސް، މި ޓްރަކްތައް ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށާއި، އެމް.އޭ.ސީ.އެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ކުރީގެ ސަރުކާރުތަކުން މި އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ. އެތައްދުވަހެއް ވީއިރުވެސް އެއާޕޯރޓްތަކުގައި ހުރި ބައު ފަޔަރ ޓްރަކުތައް ވަނީ އާނުކުރެވި. އަޅުގަނޑުމެން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނަން," މުބީން ވިދާޅުވިއެވެ.

އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވަމުން، އަހްމަދު މުބީން ވިދާޅުވީ، މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ފުނަދޫ އެއާޕޯޓަކީ ށ. އަތޮޅުގެ މުހިންމު ދަތުރުފަތުރުގެ މަރުކަޒެއް ކަމަށްވާތީ، މި އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފެށުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | 21 ގަޑިއިރު ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިންއުމެއިރަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް، ރައީސްގެ ދަރިކަލަކަށް ވުމުން ކުޅުމުން މަހްރޫމް ވާކަށްނުޖެހޭ: މުބީންޚަބަރު | މަހެއް ކުރިން