logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފި

ހުސައިން ވަސީމް
29 ޖުލައި 2025 - 18:23
އެފްއޭއެމް ލީގު ކަޕް: ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: މެންދުރު
އެފްއޭއެމް ލީގު ކަޕް: ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: މެންދުރު

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މުބީން މަގާމުން އިސްތިއުފާ ދެއްވި އިރު އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ހިންގަމުން އައި ހ.ސުވެއިސް އިމާރާތުގެ 3 ފަންގިފިލާވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އެމްއޭސީއެލްއާއި އާރުއޭސީއެލް އެއްކޮށްލަނީ ހަރަދު ކުޑަ ކުރުމަށް ސަރުކާރުނ ްއަޅާފައިވާ ފިޔަވަޅުގެ ތެރެއިންނެވެ. އާރުއޭސީއެލް ހިންގަމުން އައި 3 ފަންގިފިލާއަށްވެސް މަހަކު 4 ލައްކަ ހަތްދިހަ ހާސް ރުފިޔާ ދައްކަންޖެހެއެވެ.

އެމްއޭސީއެލްއާއި އާރްއޭސީއެލް އެއްކޮށްލާ އެ ކުންފުނީގައި ތިބި މުވައްޒަފުން މިހާރު އެމްއޭސީއެލްއަށް ނިކުންނަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެސްއޯއީ ރިފޯމް މަސައްކަތްތަކުގެ ދަށުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ނިންމާ އެކަން ކެބިނެޓަށް ރައީސް ހުށަހަޅުއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށް މަޝްވަރާކުރައްވާ ގޮތެއް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެޚަބަރު | 22 ދުވަސް ކުރިންއެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | މަހެއް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | މަހެއް ކުރިންބިޔަ މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި: މާލީ ވަޒީރު ޚަބަރު | މަހެއް ކުރިން