logoEN
ކުޅިވަރު

އޮފީސް ލީގު ސްޓެލްކޯއަށް، މުބާރާތަށް މުބީންގެ ތަޢުރީފު

އޮފީސް ލީގު ކާމިޔާބުކުރި ސްޓެލްކޯ ރެކްރިއޭޝަން ކުލަބަށް، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އަޙްމަދު މުބީން އިނާމު ދެއްވަނީ -- ފޮޓޯ: އޮފީސް ލީގު

އޮފީސް ލީގު ކާމިޔާބުކުރި ސްޓެލްކޯ ރެކްރިއޭޝަން ކުލަބަށް، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އަޙްމަދު މުބީން އިނާމު ދެއްވަނީ -- ފޮޓޯ: އޮފީސް ލީގު

އޮފީސްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މުޅިން އަލަށް ބޭއްވި އޮފީސް ލީގުގެ ފުރަތަމަ ތަށި، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން އުފުލާލައިފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލުން މޮޅުވެ ސްޓެލްކޯ އިން ތަށި އުފުލާލީ 2-0 އިން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. އެ މެޗުގައި ސްޓެލްކޯ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ސްޓެލްކޯގެ ފަރާތުން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒައިދާން އަބްދުﷲ އަދި މުއާޒް އަލީއެވެ. އިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ ކެޕްޓަން އިސްމާއީލް ނަސީމް (ބޯވަ)އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީސްޓެލްކޯ ޓީމުގެ މުހައްމަދު ވިލްފްއެވެ. މުބާރާތުން އެއްވަނަ ހޯދި ސްޓެލްކޯގެ ޓީމަށް ތައްޓާއި ހަނދާނީ ފިލަޔާއެކު، އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިން ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓްގެ ޗެއާމަން، އަޙްމަދު މުބީންއެވެ. އެގޮތުން މުބާރާތަށް ފަހު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މުބީން ވަނީ، ސްޓެލްކޯގެ ރެކްރިއޭޝަން ކްުލަބަށް ތަހުނިޔާ ދަންނަވައި، ޕޮލިސް ކުލަބުން އެ މެޗުގައި ދެއްކި ހިތްވަރަށް ސާބަސް ދަންނަވާފައެވެ.

undefined

އަދި އެ މުބާރާތަކީ ވަރަށް ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމުގައި ފާހަގަކުރައްވަމުން މުބީން ވަނީ މިފަދަ މުބާރާތްތަކުގެ ސަބަބުން އޮފީސްތަކުގެ މުވައްޒަފުންނަށް، އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އެ މުބާރަތަކީ އޮފީސް މާހައުލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކުވެރިކަން އާލާކޮށް، ޓީމްވޯކް ވަރުގަދަކުރުމަށް ފުރުސަތު ހޯދައިދޭ މުބާރާތެއްކަން ވެސް މުބީން ފާހަގަކުރެއްވިއެވެ.

Ahmed Mubeen - އޮފީސް ލީގު ކާމިޔާބުކުރި Stelco Recreation...

އަދި އެ މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ޖޯޝު ވެސް މުބީން ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސަރަޙައްދުގެ އޮފީސް މުވައްޒަފުންނަށް ޚާއްސަކޮށް ބޭއްވި މި މުބާރާތުގައި ޖުމްލަ 29 ޓީމަކުން ބައިވެރިވެ 57 މެޗު ވަނީ ކުޅެފައެވެ. ޖުމްލަ 8 ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރަތް ފަށާފައިވަނީ ހުސްވި އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މި މުބާރާތަކީ ރާއްޖޭގެ ރިސޯޓު މުވައްޒަފުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ރިސޯޓް ލީގު ވެސް އިންތިޒާމުކުރާ ބިގް ގޭމް މޯލްޑިވްސް އިން ބާއްވާ މުބާރާތެކެވެ.

ކޮމެންޓް

871x217_placeholder