logo
Bank of Maldives

Bank of Maldives

ޚަބަރު

އުމެއިރަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް، ރައީސްގެ ދަރިކަލަކަށް ވުމުން ކުޅުމުން މަހްރޫމް ވާކަށްނުޖެހޭ: މުބީން

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޖެނުއަރީ 2026 - 11:19
 އުމެއިރު  ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ބޭއްވެވި ފުޓްބޯޅަ މެޗުގައި ކުޅެނީ، ފޮޓޯ: ރައީސް އޮފީސް
 އުމެއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގައި ބޭއްވެވި ފުޓްބޯޅަ މެޗުގައި ކުޅެނީ، ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމަށާއި, ނިއު ރޭޑިއަންޓުން އެފަދަ ޒުވާން ކުޅުންތެރިންނާއެކު އެ ކްލަބުގެ ބީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކްލަބް ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ. 

މުބީން މިފަދައިން ވިދާޅުވީ ''އަދަދު'' އޮންލައިންއިން ''ރައީސްގެ ދަރިކަލުން ނިއުރޭޑިއަންޓަށް'' ސުރުޚީ ދަށުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސުރުޚީ ގެނެސްދީފައި ވަނީ ޒާތީކަން އިސްކޮށްގެންކަމަށް ވިދާޅުވެ މުބީން ވަނީ އެކަމުގައި އޮތް މައްސަލައަކީ ކޮބައިތޯ ސުވާލުކުރަށްވާފައެވެ. އަދި ރައީސްގެ ދަރިކަލަކަށް ވުމުން ކުޅުމުންވެސް މަހްރޫމް ވާން ޖެހޭތޯ ވަނީ ސުވާލުކުރަށްވާފައެވެ.

''ކޮންމެ ކަމެެއްގައިވެސް ޒާތީ ހަސަދަ އިސްކޮށްގެން ނޫނީ ނޫސް ނުހިނގަނީތޯ؟ އުމެއިރު އަކީ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް. ނިއުރޭޑިއަންޓުން މިއަންނަނީ ޒުވާން ކުޚުންތެރި ހިމެނޭ ޓީމްގެ ބީ ސްކޮޑަ އެކުލަވާލުމުގެ މަސައްކަތް ކުރަމުން. ތިހެން ލިޔެލާ އާރޓިކަލްއަކުން ނިއުރޭޑިއަންޓް ސކ ބިނާކުރަން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން.'' މުބީން ވިދާޅުވެފަވެއެވެ.

މުބީން ވިދާޅުވީ، ރައީސްގެ ދަރިކަލުން އުމައިރު ނޫނަސް ޒުވާން ކިތަންމެ ކުދިންނެއް ޓީމާއި އެކުގައި މިހާރުވެސް ޕްރެކްޓިސް ކުރަމުން އަންނަކަމަށެވެ. އަދި ނިއުގެ ޕްރެކްޓިހުގައި ބައިވެރިވާ ޒުވާން ކުޅުންތެރިންނާއި ގުޅޭ މަޢުލޫމާތު ހޯދައިލުމަށް ''އަދަދު''ގެ ބޭފުޅުންނަށް ނިއުރޭޑިންގެ ޕްރެކްޓިސްއަށް މުބީން ވަނީ ދަޢުވަތު ދީފައެވެ.

ސީޒަން ފެށުނީއްސުރެ އެ ކްލަބުން އަންނަނީ ބީ ޓީމެއް އެކުލަވާލުމަށްޓަކައި ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދަމުންނެވެ. ރައީސްގެ ދަރިކަލުން އުމެއިރަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެކެވެ. ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރުގެ ދަރިފުޅާއި، ކުރީގެ މިޑްފީލްޑަރު އަހުމަދު ނާޒް (އާކޭ) ގެ ދަރިފުޅު ވެސް ހިމެނެ އެވެ.

ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި މޮޅު ހުނަރު ދައްކަމުން އަންނަ އުމެއިރު ވަނީ ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގައި، ބޭއްވެވި ފުޓްބޯޅަ މެޗުގައި ކުޅެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް: މުބީންޚަބަރު | 6 ދުވަސް ކުރިންތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | 2 މަސް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | 2 މަސް ކުރިން