logo
E-Platinum
ކުޅިވަރު

އެމްބާއްޕޭ ފްރާންސް ސްކޮޑުން ބާކީކޮށްފި

އަބްދުﷲ ޣާނިމް
12 ނޮވެމްބަރު 2024 - 05:39
އެމްބާއްޕެ ވަނީ ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައި. ފޮޓޯ.: ގެޓީ އިމޭޖެސް
އެމްބާއްޕެ ވަނީ ފްރާންސް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައި. ފޮޓޯ.: ގެޓީ އިމޭޖެސް

ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން އަދި އެންމެ އުއްމީދީ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ކުރިއަށް އޮތް މެޗުތަކުގައި ފްރާންސްގެ ގައުމީ ޓީމަށް ނުކުޅޭނެކަމަށް އިއުލާނުކޮށްފިއެވެ.

ފްރާންސްގެ ކޯޗު ޑިޑިއަރ ޑެޝަމްޕްސް ކުރިޔަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ނޭޝަންސް ލީގުގައި އިޒްރޭލާއި އިޓަލީއާ ދެކޮޅަށް ކުޅޭނެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކޮށްފައެވެ. އެންމެ ބޮޑު ސަޕްރައިޒަކަށް ވެފައިވަނީ އެމްބާޕޭ މި ސްކޮޑުން ބޭރުކޮށްލުމެވެ. މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.

ފަރަންސޭސި ނޫސްވެރިޔާ ރޮމޭން މޮލިނާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 25 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ފްރާންސްގެ ގައުމީ ޓީމަށް ނުކުޅުމަށް ނިންމާފައެވެ. ޑެޝަމްޕްސް ވަނީ ވިދިވިދިގެން ދެ ސްކޮޑަކުން އެމްބާޕޭ ބޭރުކޮށްލާފައެވެ. އަދި މިކަމުން ދޭހަވަނީ މި ޒުވާން ކުޅުންތެރިޔާއާއި ކޯޗާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިހާރު އޮތް ގޮތުން ރިއަލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭއާއި ޑެޝަމްޕްސްއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ދަށް ދަރަޖައަކަށް ގޮސްފައެވެ. އަދި ކަންކަން ބަދަލުނުވާހާ ހިނދަކު އޭނާ ޑެޝަމްޕްސްގެ ދަށުން ނުކުޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ފްރާންސް ގެ ކޯޗު ޑެޝަމްޕްސް ބުނެފައިވަނީ އެމްބާޕޭ ސްކޮޑުން ބޭރުކޮށްލުމުގެ ނިންމުމަކީ ކުޅުންތެރިޔާ އާއި މައްސަލައެއް ޖެހިގެން ނިންމި ނިންމުމެއް ނޫންކަމަށާއި، ޓީމު ލިސްޓް ކަނޑައެޅުމުގައި އިސްކަންދީފައިވަނީ މިވަޤުތުގައި އެންމެ ފޯމުގައި ހުރި ކުޅުންތެރިންނަށް ބަލައިގެން ކަމުގައި ކަމަށެވެ. އަދި މީގެ އިތުރުން އޭނާގެ އުއްމީދަކީ އެމްބާއްޕެ ގެ ފޯމް ރަނގަޅުވެ ވީހާވެސް އަވަހަސް ފްރާންސް ގެ ސްކޮޑާއި ގުޅުންކަމުގައި ކޯޗުބުނެފައިވެއެވެ.  

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 12 ދުވަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 23 ދުވަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިންރެއާލްގެ 10 ނަންބަރު ޖާޒީ އެމްބާއްޕޭއަށް ދެނީ؟ކުޅިވަރު | 2 މަސް ކުރިން