logo
ކުޅިވަރު

ހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށް

އަބްދުﷲ ޣާނިމް
6 ޖުލައި 2025 - 03:23
މެޗުގައި އެމްބާއްޕޭ ޖެހި ބައިސްކަލް ގޯލު - ފޮތޯ: ފުޓްމޮބް
މެޗުގައި އެމްބާއްޕޭ ޖެހި ބައިސްކަލް ގޯލު - ފޮތޯ: ފުޓްމޮބް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް ބްރޫޝިއާ ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދައިފިއެވެ. އެމެރިކާގެ ނިއުޖާރޒީގައި ކޫލުނު މިމެޗ ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 3-2 އިންނެވެ. މިމެޗުގެ 90 މިނެޓުގެފަހުން 3 ގޯލު ފެނިގެންގޮސްފައިވާއިރު، ޑޯޓްމަންޑްގެ ދެގޯލު ޖަހާފައިވަނީ މެޗުގެ އިތުރުވަގުތުގައެވެ.

މެޗުފެށިގެން ބޮޑުބައެއް ކޮންޓްރޯލްކޮށްގެން ކުޅުނީ ރެއާލް މެޑްރިޑުންނެވެ. މެޗު ފެށިގެންދިޔައީ ފުރަތަމަ 11 ގައި އެމްބާއްޕޭ ނުހިމަނައެވެ. އެމްބާއްޕޭގެ ބަދަލުގައި ރެއާލް މެޑްރިޑުގެ ފުރަތަމަ 11 ގައި ހިމެނިފައިވަނީ މި މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ގޮންޒާލޯ ގާސިއާއެވެ. ގާސިއާ ވަނީ މުބާރާތުގައި 4 ގޯލުޖަހައި، ގޯލު ޗާޓުގެ އެއްވަނައަށް ޖެހިލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ގޯލުޖަހައިދިނީ 10 ވަނަ މިނެޓުގައި އަރްދާ ގުލަރގެ ރީތި ހުރަހަކުން ގޮންޒާލޯ ގާސިއާ އެވެ. އަދި އޭގެ 10 މިނެޓު ފަހުން ފްރާން ގާސިއާ ވަނީ ޓްރެންޓް އެލެކްސަންޑަރ-އާނޯލްޑްގެ ހުރަހަކުން ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިންނެވެ.

ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ވަނީ ކުޅެން ނިކުމެފައެވެ. މެޗުގެ 92 ވަނަ މިނެޓުގައި މެކްސިމިލިއަން ބެއިއަރ ވަނީ ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭގެ ދެ މިނެޓު ފަހުން ގުލާގެ ހުރަހަކުން އެމްބާޕޭ ވަނީ އޯވަރހެޑް ކިކަކުން ރީތި ލަނޑެއް ޖަހާފައެވެ.

މެޗުގެ އެންމެ ފަހުވަގުތުގައި ގުއިރަސީއަށް ޑީން ހައުސެން ކުރި ފައުލަކާއިގުޅިގެން އޭނާއަށް ވަނީ ރަތްކާދުދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ލިބުނު ޕެނަލްޓީއިން ގޯލުޖަހައި މެޗުގެ ނަތީޖާ ވަނީ 2-3 އަށް ފަރަޤު ކުޑަކޮށްފައެވެ. ރޭގެ ރަތްކާޑާއެކު ހައުސެންއަށް ސެމީފައިނަލް މެޗުގައި ނުކުޅެވޭނެއެވެ.

ރޭގެ މޮޅާއެކު ރެއާލް މެޑްރިޑް ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ކުޅުނު 20 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މީގެ ތެރެއިން 17 މެޗުގައި މޮޅުވެފައިވާއިރު، ތިން މެޗު އެއްވަރުވެފައިވެއެވެ.
މުބާރާތުގެ ސެމީގައި ރެއާލް މެޑްރިޑް ނިކުންނާނީ ޕީއެސްޖީއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 2 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 4 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 7 ދުވަސް ކުރިންރެއާލްގެ އެނބުރިއައުން މާބޮޑު ތަފާތެއް ނުފެނޭ، ޕެނަލްޓީއަކުން ތިން ޕޮއިންޓްކުޅިވަރު | 13 ދުވަސް ކުރިން