logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީ

އަބްދުﷲ ޣާނިމް
17 ޖުލައި 2025 - 08:13
އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީ

ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ފްރާންސްގެ ގައުމީ ޓީމުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަސް ސީއާރުއެސް އޮފިސަރުންނަށް 2023 ވަނަ އަހަރު ބޮޑު އަދަދެއްގެ ފައިސާ ދީފައިވާ މައްސަލަ ނެޝަނަލް ޕޮލިސް ޖެނެރަލް އިންސްޕެކްޓަރޭޓް (އައިޖީޕީއެން) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު އެމްބާޕޭގެ ބޭންކު އެކައުންޓުން ހަތަރު ޗީފް ބްރިގޭޑިއަރުންނަށް ވަކިވަކިން 30،000 ޔޫރޯގެ ޗެކެއް ދޫކޮށްފައިވެއެވެ. މީގެ އިތުރުން، މި އޮފިސަރުންގެ ކޮމާންޑަރަށް 60،300 ޔޫރޯ ދީފައިވާ ކަމަށާއި، ޖުމްލަ 180،300 ޔޫރޯ ދީފައިވާ ކަމަށް ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްބާޕޭ ސޮއިކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގަތަރު ވޯލްޑް ކަޕުގައި ބައިވެރިވުމުން ލިބުނު ބޯނަސް ފައިސާ ކުޅުންތެރިންގެ ރައްކާތެރިކަން ބަލަހައްޓާ ސެކިއުރިޓީ ޓީމަށާއި އެކި ޗެރިޓީތަކަށް ހަދިޔާ ކުރުމަށް ނިންމި ކަމަށެވެ. އޭނާގެ ޓެކްސް ވަކީލުގެ ލަފާގައި މިފަދަ އާންމު ހަދިޔާތައް ޓެކްސް ޑިކްލެއަރ ކުރާކަށް ނުޖެހޭ ކަމަށް ބުނެފައިވާ ކަމަށް އެމްބާޕޭ ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، އައިޖީޕީއެން އިން ވަކިން އަމާޒުކޮށްފައިވަނީ ކޮމާންޑަރުގެ ދައުރަށެވެ. އެއީ 2023 ވަނަ އަހަރުގެ ކުރީކޮޅު އެމްބާޕޭ ކެމަރޫނަށާއި ވޯކްލޫސްއަށް ކުރި ދަތުރުތަކުގައި މި އޮފިސަރު ބައިވެރިވެފައިވާތީއެވެ. މި ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ދިން އެއްޗެއްތޯ ނުވަތަ އަމިއްލަ ރައްކާތެރިކަމުގެ ހިދުމަތަށް ދިން ފައިސާއެއްތޯ ބެލުމަށް ތަހުގީގު ކުރަމުންދެއެވެ. މި ދަތުރުތަކުގައި ބައިވެރިވުމަކީ ކޮމާންޑަރުގެ ވާޖިބާ ހިލާފު ކަމެއް ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި އެމްބާޕޭ ވަނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި، ކުރެވޭ ހުރިހާ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށް ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ޑިކްޓޭޓަރ' އެމްބާއްޕޭ ޖޫރިމަނާ ދައްކަން ކޯޓުން ހުކުމްކޮށްފިކުޅިވަރު | 3 ދުވަސް ކުރިންކަރުތާފެނުގައި އޮތް މެޑްރިޑް ފަހުވަގުތު އަނެއްކާވެސް ސަލާމަތްވެއްޖެކުޅިވަރު | 3 ދުވަސް ކުރިންއިންޓަރ ނިދާފައި ތިއްބާ ރެއާލްއިން ފުރުސަތުގެ ބޭނުންހިފައި މޮޅުވެއްޖެކުޅިވަރު | 10 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް މޮރީނިއޯގެ ރެއާލް މެޑްރިޑް އަށް ޕޮއިންޓެއް ނުލިބީ ސީޒަނުގެ ފުރަތަމަ ބަލިވެއްޖެކުޅިވަރު | 14 ދުވަސް ކުރިން