logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލްގެ 10 ނަންބަރު ޖާޒީ އެމްބާއްޕޭއަށް ދެނީ؟

އަބްދުﷲ ޣާނިމް
30 މޭ 2025 - 05:21
ފްރާންސްގައި އެމްބާއްޕޭގެ ޖާޒީ ނަންބަރަކީ 10 އެއް
ފްރާންސްގައި އެމްބާއްޕޭގެ ޖާޒީ ނަންބަރަކީ 10 އެއް

ރެއާލް މެޑްރިޑްގެ އެންމެ ލެޖެންޑަރީ އެއް ޖޯޒީކަމަށްވާ 10 ނަންބަރު ޖާޒީ އެމްބާއްޕޭއަށް ދިނުމަށް ކްލަބުން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ.

މި ޖާޒީއަކީ ރެއާލް މެޑްރިޑްގެ ތާރީހުގައި ލޫކާ މޮޑްރިޗް، މެސުތް އޯޒިލް އަދި ލުއިސް ފިގޯ ފަދަ ބޮޑެތި ތަރިން ލައިފައިވާ ޖާޒީއެކެވެ. އެމްބާއްޕޭ ރެއާލް އަށް ބަދަލުވިފަހުން ދެޓަށި ކާމިޔާބުކޮށްފައިވާއިރު، އެމްބާއްޕޭވަނީ ނިމިގެންދިޔަ ސީޒަނުގެ ޔޫރަޕުގެ ރަންބޫޓޫ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް މެޑްރިޑްގެ މާކެޓިންގ ޓީމުން ދެކޭ ގޮތުގައި އެމްބާއްޕޭއަށް 10 ނަންބަރު ޖާޒީ ދިނުމަކީ ކްލަބަށް ވިޔަފާރީގެ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. އެމްބާއްޕޭގެ ޖާޒީ ވިއްކައިގެން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކްލަބުން އުންމީދު ކުރެއެވެ.

24 އަހަރުގެ އެމްބާއްޕޭ ރެއާލް ގައި މިހާރު ބޭނުންކުރަނީ 9 ނަންބަރު ޖާޒީއެވެ. ޕީއެސްޖީގައި އެމްބާއްޕޭ 7 ނަންބަރު ޖާޒީ ބޭނުންކުރިނަމަވެސް ރެއާލް މެޑްރިޑްގައި އެނަންބަރު ބޭނުންކުރަނީ ވިނީސިއުސް އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 5 ދުވަސް ކުރިންއެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެކުޅިވަރު | 5 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 6 ދުވަސް ކުރިންއެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއްކުޅިވަރު | 16 ދުވަސް ކުރިން