logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެ

އަބްދުﷲ ޣާނިމް
11 އޮކްޓޯބަރު 2025 - 06:11
އެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭ ސޯލޯ ގޯލެއް ޖަހައި، ކްލަބް އަދި ގައުމީ ޓީމަށް ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑު އާކުރުމަށްފަހު، އަނިޔާވެ ދަނޑުން ބާލައިފިއެވެ.

ފްރާންސްއިން 3-0 އިން މެޗު ކާމިޔާބުކުރި މި މެޗުގައި އެޑްރިއަން ރަބިއޯޓް އަދި ފްލޯރިއަން ތަވިންވެސް ލަނޑު ޖަހާފައިވެއެވެ. 2019 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނު ތަވިން ލަނޑު ޖެހީ އެމްބާޕޭ އަނިޔާވެގެން ކުޅެން އެރުމަށްފަހުގައެެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މްބާޕޭ ޖެހި ލަނޑަކީ އޭނާގެ ހުނަރުވެރިކަން ދައްކުވައިދޭ ލަނޑެކެވެ. 35 ޔާޑު ދުރުން ބޯޅަ ލިބުމަށްފަހު، ތިން ކުޅުންތެރިން ފަހަނައަޅާ ގޮސް، ހޫގޯ އެކިޓިކޭއާ އެކު ވޯލް ޕާހެއް ކުޅެ، ގޯލުގެ ކަނަށް ވައްދާލިއެވެ.

މެޗުގެ 83 ވަނަ އެމްބާޕޭގެ ތަނބިކަށްޓަށް އަނިޔާވެ، އޭނާ ދަނޑުން ފައިބާން ޖެހުނެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެމްބާއްޕޭ އެންމެ ފަހުން ލީގުގައި ވިލަރެއާލްއާ ދެކޮޅަށް ރެއަލް މެޑްރިޑްއިން ކުޅުނު މެޗުގައިވެސް އަނިޔާވެގެން ދަނޑުން ވަނީ ބާލާފައެވެ.

26 އަހަރުގެ އެމްމްބާޕޭ މިހާރު ވަނީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ސްކޯރިންގ ރެކޯޑު އާކޮށްފައެވެ. މީގެ ކުރިން އޭނާ އެންމެ ގިނަ ވިދިވިދިގެން ލަނޑު ޖަހާފައިވަނީ 8 މެޗުގައެވެ. އަދި ގައުމީ ޓީމަށް ވިދިވިދިގެން 5 މެޗުގައި ލަނޑު ޖަހައި، އެ ރެކޯޑުވެސް އޭނާ ހަމަކޮށްފައިވެއެވެ.

ފްރާންސްއިން ގްރޫޕް ޑީގައި މިހާރު 9 ޕޮއިންޓް ހޯދާފައިވާއިރު، ކުރިއަށް އޮތް ހޯމަ ދުވަހު އައިސްލެންޑްއާ ދެކޮޅަށް ކުޅޭނެއެވެ. ނަމަވެސް އެމްބާޕޭގެ އަނިޔާގެ ސަބަބުން އެ މެޗުގައި އޭނާ ބައިވެރިވެވޭނެކަމާމެދު ސުވާލު އުފެދިފައިވެއެވެ.

އެމްބާއްޕޭ ވަނީ މިސީޒަން ފެށުނުފަހުން މިހާތަނަށް ރެއާލް މެޑްރިޑް އަދި ފްރާންސް އަށް ޖުމްލަ 13 މެޗު ކުޅެދީ، 17 ގޯލާއި 4 އެސިސްޓް ހަދާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެކުޅިވަރު | 4 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 5 ދުވަސް ކުރިންއެމްބާއްޕޭގެ ޕަނޭންކާ ގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 21 ދުވަސް ކުރިންއެމްބާއްޕޭ އޮންރީއާއި އަރާހަމަކުރިއިރު، އިޓަލީއަށް ފަސޭހަ މޮޅެއްކުޅިވަރު | މަހެއް ކުރިން