logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފި

އަބްދުﷲ ޣާނިމް
17 ޑިސެމްބަރު 2025 - 03:58
އެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފި

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ، އޭނާގެ ކުރީގެ ކްލަބް ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާ ދެކޮޅަށް ހުށަހެޅި ޤާނޫނީ މައްސަލައެއް ކާމިޔާބުކޮށްފިއެވެ. އެމްބާޕޭ މި މައްސަލަ ހުށަހެޅީ އޭނާގެ މުސާރައާއި ބޯނަސްތައް ނުދައްކައި، އަދި ކޮންޓްރެކްޓް އާ ނުކުރިކަމަށްބުނެ، ޕީއެސްޖީއިން އޭނާއަށް ދޭންޖެހޭ ލާރިތައް ނުދީ ހިފެހެއްޓުމުންނެވެ. ޕެރިހުގެ ލޭބަރ ކޯޓަކުން ވަނީ ޕީއެސްޖީން އެމްބާޕޭއަށް ނުދައްކާ ހުރި މުސާރައާއި ބޯނަސްގެ ގޮތުގައި 60 މިލިއަން ޔޫރޯ ދެއްކުމަށް އަމުރުކޮށްފައެވެ.

މި 60 މިލިއަން ޔޫރޯގެ އަދަދު ހިމެނެނީ އޭނާގެ ކޮންޓްރެކްޓް ހަމަވެ، ރެއަލް މެޑްރިޑާ ގުޅުމުގެ ކުރިން ހުރި އެންމެ ފަހުގެ މަސްތައް ކަމަށްވާ، 2024 ވަނަ އަހަރުގެ އެޕްރީލް، މެއި އަދި ޖޫން މަހުގެ މުސާރައާއި ބޯނަސްގެ އިތުރުން، އެތިކްސް ބޯނަހާއި ސައިނިން ބޯނަސްގެ ގޮތުގައި ދޭންޖެހޭ ފައިސާއެވެ. މި ހުކުމުގެ ކުރިން ފްރެންޗް ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު (އެލްއެފްޕީ) އިން ވެސް ވަނީ އެ ފައިސާ އެމްބާޕޭއަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމްބާޕޭއަށް ކްލަބުން ކުރި އަނިޔާގެ ދަޢުވާތައް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އެމްބާޕޭ ވަނީ އެހެން ދަޢުވާތަކަށް ޖުމްލަ 263 މިލިއަން ޔޫރޯގެ ބަދަލު ހޯދުމަށް އެދުފައެވެ. އެހެންކަމުން މިއީ އެމްބާޕޭއަށް ލިބުނު ކާމިޔާބީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްޖީން ދަޢުވާކުރީ އެމްބާޕޭ މި ފައިސާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އެކަން ލިޔުމުން ސާބިތުކުރެވޭ އެއްބަސްވުމެއް ފެނިފައެއް ނުވެއެވެ. އަދި ކްލަބުން ވަނީ އެމްބާޕޭގެ ކިބައިން 240 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތްކޮށްފައެވެ. އެއީ ކޮންޓްރެކްޓް އާ ނުކުރާނެކަން އެމްބާޕޭ ވަންހަނާކުރުމުން އެހެން ކްލަބްތަކުން ލިބެން އޮތް ޓްރާންސްފަރ ފީއެއް ނުލިބުނު ކަމަށް ބުނެއެވެ (އެމްބާޕޭ ވަނީ ކޮންޓްރެކްޓް ހަމަވުމުން މިނިވަން އެޖެންޓެއްގެ ގޮތުގައި ރެއަލް މެޑްރިޑާ ގުޅިފައެވެ).

ޕީއެސްޖީން ވަނީ މި ނިންމުމާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެމީހުން ވަނީ އިސްތިއުނާފު ކުރުމުގެ ޙައްޤު ބާއްވާނެ ކަމަށް ވެސް ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | 2 ގަޑިއިރު ކުރިންމިއަހަރުގެ ގޯލްޑަން ބޯއީ އެވޯޑް ޕީއެސްޖީގެ ޑޫއޭ އަށްކުޅިވަރު | 15 ދުވަސް ކުރިންޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފިކުޅިވަރު | 20 ދުވަސް ކުރިންއަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްކުޅިވަރު | މަހެއް ކުރިން