logo
MPL

MPL

ކުޅިވަރު

ޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
4 ސެޕްޓެމްބަރު 2026 - 21:28
ޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެ

ބާސާ ދޫކޮށް ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއަށް ފެރާން ޓޮރޭސް ބަދަލުވިފަހުން އެއްވެސް މެޗަކުން މޮޅުނުވެ، ޕީއެސްޖީ ލީގުގައި އަނެއްކާވެސް ބަލިވެއްޖެއެވެ.
ރޭގައި ކުޅުނު މެޗުގައި މޮނާކޯއިން ވަނީ ފަހަތުން އަރައި 2-1 އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިކޮށް، ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ.

މެޗު ފެށުމުގެ ކުރިން ޕީއެސްޖީން ވަނީ ކޯޗު ލުއިސް އެންރީކޭގެ އެއްބަސްވުން 2030 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރިކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން ލޫކަސް ބެރަލްޑޯ، ސެނީ މަޔުލޫ، ޔާއޯ ނެވޭސް، ވިލިއަން ޕާޗޯ އަދި ފަބިއަން ރުއީޒް ވެސް ވަނީ އެ ކްލަބާއެކު އައު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ޚްވިޗާ ކްވަރަޓްސްޚޭލިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކީނިއޯސް ވަނީ ލަނޑު ޖަހައި ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ ޖެހިޖެހިގެން ދެ މެޗުގައި ޖެހި ދެވަނަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި ޖޯޑަން ޓެޒޭ ނަގައިދިން ހުރަހަކުން ނަޒީނިއޯ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މޮނާކޯއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި 72 ވަނަ މިނެޓުގައި ސްޓެނިސް އިދުމްބޯ ވަނީ އޮއްސިފައިވާ އޭރިއާގެ އަރިމަތިން ބާރު ހަމަލާއެއް ގޯލަށް ފޮނުވާލައިގެން މޮނާކޯ މޮޅުކޮށްދީފައެވެ. މި ކާމިޔާބީއާއެކު ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދައިގެން މޮނާކޯ އޮތީ ސައްތައިން ސައްތަ ރެކޯޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ.

ހަމައެއާއެކު، ރޭ ކުޅުނު އަނެއް މެޗުގައި އޮލިމްޕިކް ލިޔޯން ވަނީ 3-1 އިން އޭޖޭ އޮކްސޭރ ބަލިކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި އާނެސްޓް ނުއާމާގެ ކޯނަރަކުން ފެލިކްސް ބާޗަރ ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން ޒަކަރީ އަޓެކަމޭ ވަނީ ދެވަނަ ލަނޑު ޖަހައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެމެރޮން އާޗަރ އޮކްސޭރއަށް ލަނޑެއް ޖަހައިދިން ނަމަވެސް، ދެވަނަ ހާފު ފެށުނުތަނާ ނުއާމާ ވަނީ މޮޅު ގޯލެއް ޖަހައި ލިޔޯނުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ކައިލް ބޫދާޝް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މިބައްޔާއެކު ޕީއެސްޖީ މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު 2 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްކުޅިވަރު | 20 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 2 މަސް ކުރިން