މިލައުތުރު ހޭންޑްބޯލް މުބާރާތުގެ ފައިނަލް ކުޅެން ތައްޔާރުވެއްޖެ
މުބާރާތުގައި ބިލެތްފައްސާއި ފޯކައިދޫ ބައްދަލުކުރި މެޗުގެތެރެއިން. ފޮޓޯ: މިލައުތުރު ސްޕޯޓްސް
12 ނޮވެމްބަރު 2024 - 06:18
ށ. އަތުޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅު ކައުންސިލުން ބާއްވާ މިލަ އުތުރު އަންހެން ހޭންޑްބޯލް މުބާރާތް 2024 ގެ ފައިނަލް ކުޅެން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގެ ފައިނަލް ގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ފޭދޫއެވެ.
މި މުބާރާތުގެ ފައިނަލަށް ފޭދޫ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ބިލެއްފައްސާއި ދެކޮޅަށް ކުޅެ 39-16 ގޯލުގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަސް ހޮވިފައިވަނީ ފޭދޫ ޓީމުގެ ޝާއިނާއެވެ. މުބާރާތުގެ ފައިނަލުގައި ކުޅޭ ދެވަނަ ޓީމު ފޯކައިދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި މިލަންދޫ ބަލިކޮށްގެންނެވެ. މި މެޗު ފޯކައިދޫއިން ކާމިޔާބުކުރީ 20-10 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތރިޔަކަށް ހޮވިފައިވަނީ ފޯކައިދޫގެ ރިޝާމާ އެވެ.
12 ޓީމެއް ބައިވެރިވާ މި މުބާރާތް ކުރިޔަޑް ގެންދިޔައީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތް މި އަހަރު ހޯސްޓް ކުރަނީ ކޮމަންޑޫގައެވެ.
މި މުބާރާތުގެ މަޤުސަދަކީ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި މި ގޮތަށް ބާއްވާ މުބާރަތް ތަކުގެ ސަބަބުން އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުންކަމުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެފައެވެ.