logo
ކުޅިވަރު

ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ އެކުވެރިކަމުގެ މެޗު މިއަދު ހަވީރު

އަބްދުﷲ ޣާނިމް
13 ނޮވެމްބަރު 2024 - 03:52
2023 ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެތެރެއިން. ފޮޓޯ: ޤައުމީ ފުޓްބޯޅަ ޓީމް
2023 ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެތެރެއިން. ފޮޓޯ: ޤައުމީ ފުޓްބޯޅަ ޓީމް

އިންޓަރނޭޝަނަލް ފްރެންޑްލީ މެޗެއްގައި މިއަދު ރާއްޖެއާއި ބަންގަލްދޭޝް ބައްދަލުކުރާނެއެވެ. މިއަދު ރާއްޖެގަޑިން ހަވީރު 05:00 ގައި ބަންގަލަދޭޝްގެ ބަޝުންދުރާ އެރީނާގައި ކުޅޭމެޗަށް ދެޓީމު ކުރިމާތިލާއިރު، ބައިނަލް އަޤުވާމީ ފުޓްބޯޅައިގެ މައިދާނުގައި ދެ ޤައުމަށްވެސް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.

އެގޮތުން ބަންގަލަދޭޝްގެ ޤައުމީ ޓީމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޭޝިއާ ސަރަޙައްދުގެ ދެވަނަ ބުރުގައި ބައިވެރިވެ، 6 މެޗުން ހޯދީ އެންމެ ޕޮއިންޓެކެވެ. މި މެޗުތަކުގައި އެ ޓީމުން ޖެހީ އެންމެ ގޯލެއް ނަމަވެސް، އެ ޓީމުގެ ގޯލަށް ވަނީ 20 ގޯލު ޖަހާފައެވެ. ބަންގްލަދޭޝް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުން ވަނީ ބަލިވެފައެވެ.

ރާއްޖޭގެ ޤައުމީ ޓީމުން 2024 ވަނަ އަހަރު އަދި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ފަހުކޮޅު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި ބަންގަލަދޭޝްއާ އެކުގައެވެ. މި ދެ މެޗުގެ ޖުމްލަ ނަތީޖާއިން ރާއްޖެ ވަނީ 2-3 އިން ބަލިވެފައެވެ. އަދި ރާއްޖޭގެ ޓީމަށް އެންމެ ފަހުން ކުޅުނު 4 މެޗުން މޮޅެއް ލިބިފައި ނުވެއެވެ.

ދެ ޤައުމުގެ ޓީމުތަކުގެ ތާރީޚަށް ބަލާއިރު، ބަންގަލަދޭޝްގެ ޓީމުން ވަނީ 1980 ގައި އޭޝިއަން ކަޕްގައި އެއް ފަހަރު ބައިވެރިވެފައެވެ. އެހެންނަމަވެސް ރާއްޖޭގެ ޓީމަކަށް އަދި ވޯލްޑް ކަޕް ނުވަތަ އޭޝިއަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ކާމިޔާބީއަކީ 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ފުޓްބޯޅައިގެ ކުރިމަގާމެދު ސުވާލުއުފެދިފައިވާ ދެ ޤައުމުގެ ފުޓްބޯޅައަށް ވަރަށް މުހިންމު މެޗެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލު ތަޅުއަޅުވައި، ލަންކާގެ ފަސްގަނޑުގައި ރާއްޖެއިން އެ ގައުމު ބަލިކޮށްފިކުޅިވަރު | 12 ގަޑިއިރު ކުރިންރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 4 ދުވަސް ކުރިންދިވެހި ފުޓުބޯޅަ އާއިލާގެ ފަރާތުން މާފަށް އެދި ކޯޗު އަލީ ސުޒޭން އިސްތިއުފާ ދީފިކުޅިވަރު | 3 މަސް ކުރިންޤައުމީ ސްކޮޑް އިޢުލާން ކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންތަކެއްކުޅިވަރު | 3 މަސް ކުރިން