logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދިވެހި ފުޓުބޯޅަ އާއިލާގެ ފަރާތުން މާފަށް އެދި ކޯޗު އަލީ ސުޒޭން އިސްތިއުފާ ދީފި

އަބްދުﷲ ޣާނިމް
10 ޖޫން 2025 - 11:02
ދިވެހި ޤަޢުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒައިން.
ދިވެހި ޤަޢުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒައިން.

ޓިމޯ ލެސްޓޭ އާ ދެކޮޅަށް ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުން ދިވެހި ޤައުމީ ޓީމް ބަލިވުމާ ގުޅިގެން، ޤައުމީ ޓީމުގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދީފިއެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ މި ނިންމުން އިއުލާންކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނެފައިވަނީ މެޗުގެ ނަތީޖާގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށާއި، މިހާރު ވަނީ ޤައުމީ ޓީމާ އެހެން ކޯޗަކު ހަވާލުވުމުގެ ވަގުތު އައިސްފައި ކަމަށެވެ. އެހެންކަމުން ޤައުމީ ކޯޗުގެ މަޤާމުން ދުރަށް ދިއުމަށް އޭނާ ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީން ކުރިން ޤައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާން ކުރި ނަމަވެސް، ފައިސާގެ ދަތިކަން ހުރުމާއެކު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް ސުޒޭން ކޯޗެއްގެ ގޮތުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ. އެފްއޭއެމްއާއި ސުޒޭންއާ ދެމެދު ވެފައިވާ އެއްބަސްވުން ހަމަވެފައިވީ ނަމަވެސް، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ނުބޭއްވޭނެކަން ޔަގީންވުމާ ގުޅިގެން، އޭނާއާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ޓީމު ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދިވެހި ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ. ފީފާ ރޭންކިންގގައި ދިވެހިރާއްޖެއަށްވުރެ 30 ދަރަޖަ ފަހަތުގައިވާ ޓިމޯ ލެސްޓޭއިން ވަނީ ރަނގަޅު އެޓޭކިން ގޭމެއް ކުޅެ، ދިވެހި ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ދީފައެވެ.

ސުޒޭން އިސްތިއުފާ ދިނުމާއެކު، ކުރިއަށް އޮތް މުހިންމު މެޗުތަކަށް އަލަށް ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމްއިން ފަށަން ޖެހިފައިވެއެވެ. އަދި ދިވެހި ފުޓްބޯޅައިގެ ކުރިމަގު ބިނާކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުލަބުތައް ހިންގުމާއި، ޒުވާން ކުޅުންތެރިން ތަރައްޤީކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ޓީމަށް ހިތުގައި އޮތް ޝުކުރު، ދިވެހިން ގަލޮޅު ދަނޑުން ދައްކާލައިފިކުޅިވަރު | 2 މަސް ކުރިންގައުމީ ޓީމުން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަނީކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓުބޯޅައަށް ދިރުމެއް، 7 އަހަރަށްފަހު ބައިނަލްއަގްވާމީ ޓްރޮފީއެއް، މަރުޙަބާ ޤައުމީ ޓީމްކުޅިވަރު | 2 މަސް ކުރިންލަންކާ ބަލިކޮށް ރާއްޖެއިން ސައުތް އޭޝިއަން ސުުޕަކަޕް އުފުލާލައިފިކުޅިވަރު | 2 މަސް ކުރިން