logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ ޓީމަށް ހިތުގައި އޮތް ޝުކުރު، ދިވެހިން ގަލޮޅު ދަނޑުން ދައްކާލައިފި

ޢައްފާން މުޙައްމަދު
10 ސެޕްޓެމްބަރު 2025 - 13:18
ފޮޓޯ/ ދައުލަތުގެ މީޑިއާ
ފޮޓޯ/ ދައުލަތުގެ މީޑިއާ

ހަތް އަހަރަށްފަހު ދިވެހި ފަސްގަނޑަށް، ރާއްޖޭގެ އެއްވަނަ ކުޅިވަރުން ބައިނަލްއަގްވާމީ ޓްރޮފީއެއް ގެނެސްދިނުމުން އެކަމަށް ހިތުގައި އޮތް ޝުކުރު، ގިނަބަޔަކު ގަލޮޅު ދަނޑުން ދައްކާލައިފިއެވެ.

ސައުތު އޭޝިއަން ސުޕަކަޕުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ގަލޮޅު ދަނޑުން ޓީމަށް ހޫނު މަރުހަބާއެއްވަނީ ކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ވެސް ވަނީ ގަލޮޅު ދަނޑުން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

ކުޅުންތެރިންނާ ބައްދަލުކޮށްލަން ބޭނުންވި ފަރާތްތަކަށާއި ޓްރޮފީއާއެކު ފޮޓޯ ނަގާލަން ބޭނުންވި ފަރާތްތަކަށް، އެ ފުރުސަތު ވެސް ދަނޑުގައި ފަހިވެފައި އޮތެވެ.

މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖޭގޭ ގައުމީ ޓީމުން ހޯދި ފުރަތަމަ މޮޅާއެކު ގައުމީ ޓީމު އެނބުރި އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ޓީމަށް ވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ.

https://mendhuru.tv/dv/11604

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަައުމީ ޓީމަށް މަރުހަބާ ވިދާޅުވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިގު (ޓޮމް) އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އަދި ސްޓޭޓް މިނިސްޓަރ އަބުދުއްރައްޒާގް އިބްރާހިމްގެ އިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންނެވެ.

ގައުމީ ޓީމުން ސައުތު އޭޝިއަން ސުޕަކަޕްގެ ޓްރޮފީ އުފުލާލާފައިވަނީ މުބާރާތް އިންތިޒާމްކުރި ގައުމު، ސްރީލަންކާގެ މައްޗަށް ކުރިހޯދައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއާއެކު ރާއްޖެއަށް މުބާރާތް ކާމިޔާބީ، 1-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރިލިބިގެންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 10 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފިކުޅިވަރު | 18 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް އުރުބާނީކުޅިވަރު | މަހެއް ކުރިންރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރަން މުބާރާތެއް ބާއްވަނީކުޅިވަރު | މަހެއް ކުރިން