logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް އުރުބާނީ

އިސްމާޢިލް ރާތިޢު
5 ޖެނުއަރީ 2026 - 16:24
ގައުމީ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް އުރުބާނީ

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއާ ވެސް އެކު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް، ހަންގޭރީގެ އިސްތަވާން އުރުބާނީ ހަމަޖައްސައިފިއެވެ.

އޭނާ މި މަގާމަށް ގެންނަން ނިންމާފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމަށް އުރުބާނީ އެންމެ ފުރަތަމަ ހަމަޖެއްސީ 2009 ވަނަ އަހަރެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު ވަނީ ރިހި މެޑަލް ހޯދާފައެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.

އެއަށްފަހު 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ޔޫރަޕު ފުޓުބޯޅައިގައި ކޯޗުންނަށް ދޭ އެންމެ މަތީ ކޮލިފިކޭޝަންކަމަށްވާ ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް ހާސިލްކޮށްފައިވާ އުމުރުން 58 އަހަރުގެ އުރުބާނީ ވަނީ ރާއްޖޭ ގައުމީ ޓީމުގެ އިތުރުން ހަންގޭރީގެ ބައެއް ކުލަބުތަކާއި އެމެރިކާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދީފައެވެ. އެގޮތުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް އޭނާ އިރުޝާދުދީފައިވެއެވެ.

އުރުބާނީ ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިން ކުރިއަރުވާ، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރޭ ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 3 ދުވަސް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 19 ދުވަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | މަހެއް ކުރިންރައީސް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިން