logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ ސްކޮޑް އިޢުލާން ކުރުމާއެކު ގިނަބައެއްގެ ފާޑުކިޔުންތަކެއް

އަބްދުﷲ ޣާނިމް
31 މޭ 2025 - 06:37
ޤައުމީ ޓީމު ޕިލިޕީންސް އާއި ވާދަކުރި މެޗުގެ ތެރެއިން.
ޤައުމީ ޓީމު ޕިލިޕީންސް އާއި ވާދަކުރި މެޗުގެ ތެރެއިން.

ކުރިއަށް އޮތް ދެ މެޗުގައި ވާދަކުރާނެ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އެފްއޭއެމްއިން އިއުލާންކުރުމާއެކު، އެ ސްކޮޑާމެދު ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ގިނަ ޝަކުވާތަކެއް މީސްމީޑިޔާއަށް އޮއްސާލައިފިއެވެ. މި ސްކޮޑްގައި ޖުމްލަ 23 ކުޅުންތެރިން ހިމެނޭއިރު، އޭގެ ތެރެއިން 13 ކުޅުންތެރިންނަކީ މާޒިޔާ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ފުޓްބޯޅައާ ގުޅުންހުރި ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެފްއޭއެމް ލީގު ކަޕްގައި ރަނގަޅު ކުޅުމެއް ދެއްކި ގިނަ ކުޅުންތެރިންނަށް މިފަހަރުގެ ސްކޮޑްގައި ޖާގައެއް ލިބިފައެއް ނުވެއެވެ. އަދި ވަކި ކްލަބަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވީީތީ އެއްބައި ކޫޅުންތެރިންނަށް ޖާގަ ލިބިފައި ނުވާކަމަށާއި، މީގެއިތުރުން ޒަމާނުއްސުރެ އޮންނަ ވަކިބަޔަކަށް އިސްކަންދީފައިވާކަމުގެ ތުހުމަތުތައްވެސް ކުރެވެމުންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ ސްކޮޑްގައި އަލަށް ތިން ކުޅުންތެރިން ހިމަނާފައިވެއެވެ. އެއީ އޮޑީގެ އަހްމަދު އައިހަމް އާއި ހައިސަމް ރަޝީދު އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒްއެވެ. އޮޑީ ސްޕޯޓްސް ކްލަބަށް ނިސްބަތްވާ ޖުމްލަ ފަސް ކުޅުންތެރިން މި ސްކޮޑްގައި ހިމެނެއެވެ.

ކޯޗް އަލީ ސުޒައިންގެ އިރުޝާދުގެ ދަށުން ކުޅޭ މި ދެ މެޗުގައި، ރާއްޖެ ފުރަތަމަ ކުޅޭނީ ޖޫން 5 ގައި ސިންގަޕޫރާ ދެކޮޅަށެވެ. އަދި ޖޫން 10 ގައި އޭޝިއަން ކަޕް ކޮލިފައިންގ މެޗެއްގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޤައުމީ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. މިގޮތުން މާޗް މަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވެ، ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން 4-1 އިން ބަލިވިއެވެ. މި ދެ ބަލިވުމާއެކު، އަލަށް އެކުލަވާލި ސްކޮޑާމެދު ކުރެވޭ ފާޑުކިޔުންތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ޓީމަށް ހިތުގައި އޮތް ޝުކުރު، ދިވެހިން ގަލޮޅު ދަނޑުން ދައްކާލައިފިކުޅިވަރު | 2 މަސް ކުރިންގައުމީ ޓީމުން ހޯދި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރަނީކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓުބޯޅައަށް ދިރުމެއް، 7 އަހަރަށްފަހު ބައިނަލްއަގްވާމީ ޓްރޮފީއެއް، މަރުޙަބާ ޤައުމީ ޓީމްކުޅިވަރު | 2 މަސް ކުރިންލަންކާ ބަލިކޮށް ރާއްޖެއިން ސައުތް އޭޝިއަން ސުުޕަކަޕް އުފުލާލައިފިކުޅިވަރު | 2 މަސް ކުރިން