logo
ޚަބަރު

ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަނީ

އާމިނަތު ޝަފާ
13 ނޮވެމްބަރު 2024 - 11:14
ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަނީ

ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަމުންދާތީ އެކަމަށް ހާއްސަކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޝިއުނީން މިފަދައިން ވިދާޅުވީ އެ ގައުމުގެ ގައުމީ އެއާލައިން، ބިމާން ބަންގްލްދޭޝް އެއާލައިންސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޑރ. ޝަފީގުރް ރަޙްމާން އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ސަފީރު ޝިއުނީން ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމުތައް ހަރުދަނާކޮށް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ޑރ. ޝަފީގުރް ވަނީ ބީމާންއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ތަފްސީލު ހިއްސާކުރައްވާފައެވެ. އަދި ޑރ. ޝަފީގުރް ވިދާޅުވީ ރާއްޖެއަކީ މިވަގުތު ބިމާން ބަންގްލްދޭޝް އެއާލައިންގެ ދަތުރުތައް ފެށުމަށް އެންމެ އިސްކަންދޭ އެއް މަންޒިލް ކަމަށާއި މިހާރު ކުރިއަށްދަނީ މި ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ޕްލޭނިން މަރުހަލާތައް ކަމަށެވެ.

ސަފީރު ޝިއުނީން ވަނީ ބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަމުންދާކަން ފާހަގަކުރައްވައި ނިމިދިޔަ ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު އޭޝިއަން ޓުއަރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެ ޕްރޮމޯޝަނަލް ހަރަކާތަތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަންގްލަދޭޝްގައި ބޭއްވޭ މިފަދަ ފެއާތަކުގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަންވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ބޭފުޅުންވަނީ ޖޮއިންޓް ޑެސްޓިނޭޝަން ޕްރޮމޯޝަނާ ގުޅޭގޮތުން ދެ ގައުމު ގުޅިގެން ކުރެވެންހުރި އިތުރު މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުން، ކުރިއަށް އޮތްތަނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ޒިޔާތަރްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ސަފީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަިފިޚަބަރު | 5 މަސް ކުރިންޓޫރިޒަމް އޮކިއުޕެންސީ ރަނގަޅުވެ، އާމްދަނީ ވެސް މައްޗަށްޚަބަރު | 9 މަސް ކުރިންޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިޚަބަރު | 9 މަސް ކުރިންބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަނީ ޚަބަރު | 10 މަސް ކުރިން