logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަން ގާއިމުކުރާ ރަށްރަށުގެ ލިސްޓުން ކަނިމީދޫ އުނިކޮށްފި

ޒިދާން މުޙައްމަދު
23 ފެބްރުއަރީ 2026 - 11:44
ފަތުރުވެރިކަން ގާއިމުކުރާ ރަށްރަށުގެ ލިސްޓުން ކަނިމީދޫ އުނިކޮށްފި

ފަތުރުވެރިކަމާ ގުޅޭ ވަސީލަތް ތަރައްގީކޮށް ފަތުރުވެރިކަން ގާއިމުކުރަން ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ތ. ކަނިމީދޫ އުނިކޮށްފިއެވެ.

ފަތުރުވެރިކަން ކުރަން ރަށްތަކާއި ފަޅުތައް ތަރައްގީކުރުމަށް ހުޅުވާލީ، 2024 ވަނަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެއިރު، 1 އަތޮޅަކުން 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އޭރު ކުރި އިއުލާނަށް ބަދަލު ގެނެސަްފައެވެ. މިގޮތުން ގެނައި އިސްލާޙުގައި ތ. ކަނިމީދޫ އަދި ބ. އަތޮޅުގެ ފަޅެއް ލިސްޓުން އުނިކުރުމަށް ވަނީ ނިންމާފައެވެ. މި ދެތަން އުނިކުރާ ސަބަބެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައެެއް ނުވެއެވެ.

ލިސްޓުން އުނިކުރި ތ. ކަނިމީދޫއަކީ، 68 ހެކްޓަރުގެ ރަށެކެވެ. ބ. އަތޮޅުން ފަތުރުވެރި ކަމަށް ތަރައްގީކުރަން ނިންމި ފަޅަކީ، 0.62 ހެކްޓަރުގެ ސަރަޙައްދެކެވެ.

ކަނިމީދޫއަކީ، މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް ވަރުވާއަށް ދޫކުރި ރަށެކެވެ. އޭގެ ފަހުން ވަގުތީ ގޮތުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން އެރަށް ބެލެހެއްޓުން ޙަވާލު ކުރުމަށްފަހު ފަތުރުވެރި ކަމަށް ތަރައްގީކުރަން ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ދަނީ، ފަތުރުވެރިކަން ފުޅާކޮށް ފަތުރުވެރި ކަމަށް އިތުރު އެނދުތައް ނެރުމަށް މަސައްކަތް ކުރަމުންނެވެ. ފަތުުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމުގެ އެނދުގެ އަދަދު ހުރީ 67,475 ގައެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރިކަަމުގެ އަދަދު ހުރީ، 63,248 އެނދުގައެވެ. މިއާއެކު އަހަރުން އަހަރަށް 4،227 އެނދު އިތުރުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަން ގާއިމުކުރާ ރަށްރަށުގެ ލިސްޓުން ކަނިމީދޫ އުނިކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންޓޫރިޒަމް އޮކިއުޕެންސީ ރަނގަޅުވެ، އާމްދަނީ ވެސް މައްޗަށްޚަބަރު | އަހަރެއް ކުރިންޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިޚަބަރު | އަހަރެއް ކުރިންބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަނީ ޚަބަރު | އަހަރެއް ކުރިން