logoEN
ޚަބަރު

ޓޫރިޒަމް އޮކިއުޕެންސީ ރަނގަޅުވެ، އާމްދަނީ ވެސް މައްޗަށް

ޓޫރިސްޓުންތަކެއް ރާއޖޭގެ ރަށެއްގައި ހިނގާފައި ދަނީ.

ޓޫރިސްޓުންތަކެއް ރާއޖޭގެ ރަށެއްގައި ހިނގާފައި ދަނީ.

ސުދާ ލަތީފްސުދާ ލަތީފް

09 ޑިސެމްބަރު 2024 - 05:15

މި އަހަރުގެ ފުރަތަމަ 10 މަހުގެ ޓޫރިޒަމްގެ އޮކިއުޕެންސީ ރޭޓު 59 ޕަސެންޓުގައި ހުރި އިރު އެ ދާއިރާ އިން ލިބުނު އާމްދަނީ 3.4 ބިލިއަން ޑޮލަރު (52 ބިލިއަން ރުފިޔާ) އަށް މަތިވެފައިވާ ކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ ދެ ޕަސެންޓު އިތުރުވެގެން އައި ކުރިއެރުމެކެވެ. މިދިޔަ އަހަރު އޮކިއުޕެންސީ ރޭޓު ހުރީ 57 ޕަސެންޓުގަ އެވެ. ޓޫރިޒަމްގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 2.9 ބިލިއަން ރުފިޔާ ((45 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިދިޔަ އަހަރާ ބަލާއިރު މި އަހަރު ވަނީ އާމްދަނީގެ ގޮތުން ކުރިއެރުން ލިބިފަ އެވެ.

ޓޫރިސްޓުންގެ އަތުން މި އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޖެނުއަރީ މަހު އެވެ. އެ މަހު ވަނީ 589 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) ލިބިފަ އެވެ. އާމްދަނީ އެންމެ ދަށްވެފައިވަނީ މެއި މަހު އެވެ. އެ މަހު ޓޫރިޒަމުން ލިބުނު ކަމަށް ރެކޯޑު ކޮށްފައިވަނީ 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އެވެ.

ޓޫރިޒަމްގެ އާމްދަނީ ދަށްވި އިރު މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ އޮކިއުޕެންސީ އެންމެ ބޮޑަށް ދަށަށް ދިޔައީ ޖޫން މަހު އެވެ. އެ މަހުގެ އޮކިއުޕެންސީ ހުރީ 39 ޕަސެންޓުގަ އެވެ. ދެން ސެޕްޓެމްބަރު މަހާއި މެއި މަހު އެވެ. އެ ދެ މަހުގެ އޮކިއުޕެންސީ ހުރީ 44 ޕަސެންޓުގަ އެވެ.

މި އަހަރު އެންމެ އޮކިއުޕެންސީ ރަނގަޅުވެފައިވަނީ ފެބްރުއަރީ މަހުގައެވެ. އެއީ81 ޕަސެންޓްއެވެ. އެއީ އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ވެސް އައި މަހެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder