logo
ޚަބަރު

ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފި

އާމިނަތު ޝަފާ
2 ޑިސެމްބަރު 2024 - 04:05
ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން
ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން އިސްނަގައިގެން ފަތުރުވެރިކަމާބެހޭ ވުޒާރާ އަދި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި ހަރަކާތުގެ ތެރެއިން ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމާއެކު އެފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައާއި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާއިރު، މި ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިޒަމް އޮކިއުޕެންސީ ރަނގަޅުވެ، އާމްދަނީ ވެސް މައްޗަށްޚަބަރު | 9 މަސް ކުރިންޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހަރަކާތެއް ފަށައިފިޚަބަރު | 9 މަސް ކުރިންބަންގްލްދޭޝްގެ ފަތުރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވަނީ ޚަބަރު | 10 މަސް ކުރިން