އޭވީސީ ގެ ނައިބު ރައީސަކަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ލަތީފް
31 އޯގަސްޓު 2024 - 11:00

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ އެގްޒެކެޓިވް ނައިބު ރައީސަކަށް ދިވެހިރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުވެއްޖެއެވެ.
މި އިންތިޚާބު ބޭއްވުނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިދިޔަ ދެ ދުވަހު ކުރިއަށްދިޔަ އޭވީސީގެ އިލެކްޓޯރަލް ކޮންގްރެސްގައެވެ.

Ad by Hajj Corporation
އޭވީސީގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ފިލިޕީންސްގެ ވޮލީބޯލް ފެޑެރޭޝަންގެ ރައީސް ރަމޯން ސުޒާރާއެވެ. އޭނާއަށް 48 ވޯޓު ލިބުނުއިރު، ވާދަވެރިޔާ ގަތަރުގެ އަލީ ގާނިމް އަލް ހުވާރީއަށް ލިބުނީ 15 ވޯޓެވެ.
އޭވީސީގެ އެހެނިހެން މަޤާމުތަކަށް އިންތިޚާބުވެފައިވަނީ:
- ސީނިއަރ އެގްޒެކެޓިވް ނައިބު ރައީސް: އޮސްޓްރޭލިއާގެ ކްރެއިގް ކެރަޗާ
- ސެކްރެޓަރީ ޖެނެރަލް: ކުކް އައިލެންޑްސްގެ ހިއު ގްރަހަމް
- ޓްރެޝަރަރ: ހޮންގްކޮންގްގެ މަރީނާ ޓްސުއީ
- އިންޓަރނަލް އޮޑިޓަރ: ބަހުރޭންގެ ހަސަން އަލްފްރާންސިނީ
މުޙައްމަދު ލަތީފަކީ ސެންޓްރަލް އޭޝިއާގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ. އޭނާ މިހާރު އަންނަނީ ކާވާގެ ރައީސްގެ މަޤާމު ދެވަނަ ދައުރަކަށް ފުރުއްވަމުންނެވެ. އޭވީސީގެ އެގްޒެކެޓިވް ކޮމިޓީގައި ރާއްޖޭގެ ފަރާތަކުން ތަމްސީލުކުރެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މި ޚަބަރު ދެއްވާފައިވާއިރު، މި އިންތިޚާބާއެކު ރާއްޖޭގެ ވޮލީބޯލް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.