logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް

ދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް

ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައިކަމަށެވެ. އަދި ފުޓްބޯޅައިން ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިވާކަމަށެވެ.

ފުޓްބޯޅައަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާ ކުޅިވަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ހާލަތު ދަށްވެފައިވަނިކޮށް އަލުން ފުޓްބޯޅައަށް ދިރުން ގެނެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ ކުލަބުތަކަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ކޮންމެ ކުލަބަކަށް މިއަހަރުގެ ކުރީކޮޅު އެއް މިލިއަން ރުފިޔާވެސް ދީފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ދުވަހެއް ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން