logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރައީސް ވޯޓު ލައްވައިފި

މުޙައްމަދު އަފްރާޙް
4 އޭޕްރީލު 2026 - 04:40
ފޮޓޯ: ވަން އޮންލައިން
ފޮޓޯ: ވަން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލެއްވީ، ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ހަވީރު 4:00ގެ ނިޔަލަށް ކުރިއަށްދާ 3 އިންތިޚާބުގައިވެސް ރައްޔިތުންނަށް ފެންނަގޮތް ހާމަކުރުމަށް، ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ވޯތުލުމުގެ ޙައްގު ލިބިފައިވާ ދެލައްކަ ދުވަދިހާ ހާހަށްވުރެ ގިނަ މީހުން ތިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިޚާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ޤައުމުގެ މުހިއްމު 3 ނިންމުމެއް ނިންމުމަށް ހޮނިހިރު ދުވަހު ނަގާ ވޯޓުތަކަކީ މުހިއްމު ވޯޓުތަކެއްކަމަށެވެ.

އެގޮތުން ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަކާއި، ރައްޔިތުންނާ ގުޅުންހުރި މުހިއްމު މަޤާމުތަކަށް މީހުން ޚިޔާރުކުރުމަށް ނަގާ ވޯޓުތަކެއްކަމުން އެއީ ރައްޔިތުންގެ ބަސް ކޮންމެހެން އިއްވަންޖެހޭ ނިންމުންތަކެއްކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ ރައްޔިތުންގެ ގޮތް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ މީގެތެރެއިން ބޮޑު ޕަސެންޓެއް ނިކުމެ ރައްޔިތުން ނިންމުމަށް، ގޮތް ނިންމުމުގައި، ދައުލަތް ހިނގުމުގައި، އެންމެ އިސްކޮށް ތިބޭ ފަރާތްތަކާއި ދައުލަތުގެ އެކިއެކި ނިޒާމުތަކާއި އިންތިޒާމުތަކަށް ގެނެވޭ ބަދަލުތަކަށް، ރައްޔިތުން ރުހޭގޮތް، ރައްޔިތުންނަށް ފެންނަ ގޮތް ބުނެދިނުމަށް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ލައްވާނެކަމަށް." ޒާހިދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ވޯޓު ލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ، ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން! ރައީސް ޚަބަރު | 16 ގަޑިއިރު ކުރިން ސުކޫކް ދައްކާފައިވާނީ ޤައުމު ދަރުވާނުލާ: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންއަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | 19 ގަޑިއިރު ކުރިން