logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދު

ޒިދާން މުޙައްމަދު
4 އޭޕްރީލު 2026 - 14:11
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއި ކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ މާދަމާ އާއި އަންނަ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސް ކަމުގައި ރައީސް މުއިއްޒު ހަމަޖައްސަވައިފައިވާ ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެގޮތަށް ހަމަޖެއްސެވީ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ފެންނަ ނުފެންނަ ވޯޓުލުން މިއަދު އޮތުމާ އެކު، އިންތިހާބުގެ އެކި މަސައްކަތްތަކާއި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އެ ދެ ދުވަހަކީ ވެސް ބަންދު ދުވަސް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. 

އެ ދެންނެވުމުގައި ވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް އެދިފައިވާ ކަމަށާއި އިންތިހާބަށް ފަހު، އިންތިހާބާ ގުޅުން ހުރި މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، ޖެހިގެން އަންނަ ހޯމަ ދުވަހު ވެސް ސަރުކާރު ބަންދުކުރަން އީސީން އެދިފައިވާ ކަމަށެވެ. 

އެހެންވެ މި ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަފައިވާ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެ އެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުޚަބަރު | 2 ގަޑިއިރު ކުރިންރައީސް ވޯޓު ލައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންމި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ، ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން! ރައީސް ޚަބަރު | ދުވަހެއް ކުރިން ސުކޫކް ދައްކާފައިވާނީ ޤައުމު ދަރުވާނުލާ: ރައީސްޚަބަރު | ދުވަހެއް ކުރިން