logo
Bank of Maldives

Bank of Maldives

ޚަބަރު

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އާމިނަތު ޝަފާ
22 ޖުލައި 2025 - 05:19
މަނަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު
މަނަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ނ. މަނަދޫގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފިޓްނަސް ސެންޓަރުގެ އިތުރުން އައުޓްޑޯ ޖިމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް މަނާދޫގައި އަޅުއްވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަލްޓީ ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރު މަނަދޫގައި ވޮލީ ބޯޅަ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކެޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 4 ދުވަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 16 ދުވަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 22 ދުވަސް ކުރިން