logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފި

އަބްދުﷲ ޣާނިމް
6 އޮކްޓޯބަރު 2025 - 05:56
ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ 18 ރަށެއްގައި ކުޅިވަރާ ގުޅުންހުރި 20 މަޝްރޫއެއް ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެެމދު ސޮއި ކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި އދ. ފެންފުށީގައި ވޮލީބޯޅަ ކޯޓަކާއި ދުވާ ޓްރެކެއް ގާއިމުކުރުމުގެ އިތުރުން، އދ. ހަންޏާމީދޫ އަދި އޮމަދޫގައި ވޮލީ ކޯޓު ތަރައްގީކުރުން ހިމެނެއެވެ. އަދި ހއ. މުރައިދޫ، ދިއްދޫ އަދި މޮޅަދޫގައި ފުޓްސަލް ކޯޓު އެޅުމާއި، މޮޅަދޫގައި ވޮލީ ކޯޓެއް ގާއިމުކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ރ. މަޑުއްވަރީގައި ފުޓްސަލް ކޯޓެއް އެޅުމާއި، ކިނޮޅަހުގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުން ހިމެނޭއިރު، ކ. ހިންމަފުށި، ގުޅި އަދި ތުލުސްދޫގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

ތ. އަތޮޅުގެ ގުރައިދޫ، ވިލުފުށި، މަޑިފުށި އަދި ބުރުނީގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އިތުރުން، ގއ. ދެއްވަދޫގައި ވޮލީ ކޯޓެއް އަދި ގދ. ފިޔޯރީގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވައި އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން، އާރްޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލްއާ ހަވާލުކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 4 ދުވަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 16 ދުވަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 22 ދުވަސް ކުރިން