logo
Bank of Maldives

Bank of Maldives

ޚަބަރު

12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 04:35
12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލާއިފިއެވެެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ފުޓްބޯޅަދަނޑު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ގއ. މާމެންދޫ، ގއ. ނިލަންދޫ، ލ. މާބައިދޫ، ހއ. ކެލާ، ގދ. މަޑަވެލި، ރ. ފައިނު، ރ. ރަސްމާދޫ، ށ. ބިލެއްފަހި، ލ. ހިތަދޫ، ށ. ނަރުދޫ، ރ. އުނގޫފާރު އަދި ގދ.ތިނަދޫ ސިޓީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުތަކުގެ ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ.

ކުޅިވަރުގެ ދާއިރާއަށް ސަރުކާރުގެ ގިނަ ވައުދުތަކެއް އެކަށައަޅާފައިވާއިރު ފުޓްބޯޅަ ދަނޑުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނި ކުރިއަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 2 މަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 2 މަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 2 މަސް ކުރިން