logo
Bank of Maldives

Bank of Maldives

ޚަބަރު

71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފި

އާމިނަތު ޝަފާ
19 އޯގަސްޓު 2025 - 04:12
71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރަން އެޗްޑީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

2026ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަން ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ.

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ.

މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 3 ދުވަސް ކުރިންކުޅިވަރާއި ބެހޭ ގިނަ މަސްރޫޢުތަކެއް ކުރިޔަށް ގެންދިޔުމަށް ކުޅިވަރާބެހޭ ވުޒާރާއާއި އެމްޓީސީސީ އާދެމެދު ސޮއިކޮށްފިކުޅިވަރު | 15 ދުވަސް ކުރިން18 ރަށެއްގައި ކުޅިވަރުގެ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށްޚަބަރު | 15 ދުވަސް ކުރިން12 ރަށެއްގައި ފުޓްބޯޅަދަނޑު ތަރައްގީ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 21 ދުވަސް ކުރިން